ކުޅިވަރު

3ވަނަ ޑިވިޝަންގެ ޗެންޕިއަންކަން ވީކޭ ހޯދައިފި


ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވީކޭ ސްޕޯޓްސް ކްލަބް ހޯދައިފިއެވެ. ވީކޭ މިމުބާރާތުގެ ޗެންޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލްގައި ކުޑަ ހެންވޭރު ޔުނައިޓެޑާ ވާދަކޮށް 3 ލަނޑު 0 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ. 

މެޗްގެ ފުރަތަމަ ހާފް ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ނަމަވެސް ވީކޭއިން މެޗްގެ ދެވަނަ ހާފްގައި 3 ލަނޑު ޖެހިއެވެ. ވީކޭއިން ޖެހި 3 ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސުޖަންއާއި، އަހުމަދު ހަލީމްއާއި، ކެޕްޓަން އަލީ މަލާޝްއެވެ. ވީކޭ ދެވަނަ ޑިވިޝަންގެ ޗެންޕިއަންކަން ހޯދާފައިވާއިރު، އެޓީމުންވަނީ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މެޗެއްގައި 36 ލަނޑު ޖަހާ ދިވެހި ފުޓްބޯޅައިގެ ރެކޯޑެއްވެސް ޤާއިމްކޮށްފައެވެ. 

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޗެންޕިއަން ވީކޭގެ އަހުމަދު ހަލީމްއެވެ. މިމުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކީ ވީކޭގެ އަހުމަދު ޖަޒްލާންއެވެ. މިމުބާރާތުގެ ފެއާރޕްލޭ ޓީމަކީ ނަޒާކީ ފުޓްބޯލް ކްލަބެވެ. 3 ވަނަ ޑިވިޝަންގެ ޗެންޕިއަން ވީކޭ ސްޕޯޓްސް ކްލަބާއި، ދެވަނަ ކުޑަ ހެންވޭރު ޔުނައިޓެޑަށް ވަނީ 2 ވަނަ ޑިވިޝަނުން ޖާގަ ލިބިފައެވެ.