ޚަބަރު

އެކްސެލް ޓެބް ޕްރޮމޯޝަންގެ ނަޞީބުވެރިންނަށް އިނާމް ހަވާލުކޮށްފި


2016 ވަނަ އަހަރު އެކްސެލްއިން ކުރިއަށްގެންދިޔަ އެންމެ ބޮޑު ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމް ހަވާލުކޮށްފިއެވެ.

އެކްސެލް ޓެބް ޕްރޮމޯޝަންގެ ނަމުގައި ބޭއްވި މި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ކަމުގައިވާ ޑުބާއީ ދަތުރު ލިބުނު ނަސީބުވެރިއަކީ، މ. ފަޅުމަތީގެ ހައްވާ ޝިރުޙާނާއެވެ.

މިދަތުރުގައި ހިމެނެނީ، ދެ މީހަކަށް ދުބާއީ ދެކޮޅު ޓިކެޓާއި ފަސްރޭގެ ހުރުމާއި ޑެޒަރޓް ސަފާރީ ޓުއާގެ އިތުރުން ސިޓީ ޓުއަރ އަކާއި ޓްރެވެލް އެލަވެނެސްސެއްގެ ގޮތުގައި ދެހާސް ޑޮލަރެވެ. މިޕްރޮމޯޝަންގައި ހިމެނޭ ހޮންޑާ މޫވް ސައިކަލުގެ ނަސީބުވެރިއަކަށް ހޮވުނީ، މ. ސީވިންޑް، ފައްޔާޒް ޝާކިރުއެވެ.

2016 ވަނަ އަހަރު ކުރިއަށް ގެންދިޔަ ޕްރޮމޯޝަންތަކަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަކަމަށާއި މިފެށުނު 2017 ވަނަ އަހަރުވެސް ތަފާތު އަގުހުރި ޕްރޮމޯޝަންތަކެއް ކުރިއަށްގެންދާނެކަމަށް އެކްސެލުއިން ބުނެއެވެ.