ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 10 އަހަރަށް ޖަލަށް !


އުމުރުން 9 އަހަރުގެ އަންހެން ކުއްޖަކާ ޖިންސީ އަމަލެއް ހިންގި ބިދޭސީއަކު 10 އަހަރަށް ޖަލަށްލުމަށް ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކުރައްވައިފިއެވެ.

ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިނގުމުގެ ކުށް ސާބިތުވުމާ ގުޅިގެން ހުކުމްކޮށްފައިވަނީ މުޙައްމަދު ކެރޮޮން ޙޮސައިން ނަމަކަމަށް ކިޔާ ބަންގްލަދޭޝް ރައްޔިތަކަށެވެ. މީނާގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ދުވަހެއްގައި ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

މިމައްސަލަ ބެއްލެވުމަށްފަހު ކުރައްވާފައިވާ ޙުކުމްގައިވަނީ ދަޢުވާލިބޭ މުޙައްމަދު ކެރޮޮން ޙޮސައިން ކުށަށް އިންކާރުކޮށްފައިވީ ނަމަވެސް ހުށަހަޅާފައިވާ ހެއްކާއި ޤަރީނާއަށް ބަލާއިރު، ޝައްކެއް ނެތް މިންވަރަށް މައްސަލަ ޝަރީޢަތަށް ސާބިތުވާކަމަށެވެ.