ވިޔަފާރި

އެމްޓީސީސީގެ ޙިއްޞާގެ މުޢާމާލާތްތަކުގެ އަގު މައްޗަށް ހިނގައްޖެ


މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި އެމްޓީސީސީގެ ޙިއްޞާގެ މުޢާމާލާތައް މައްޗަށް ހިނގައްޖެއެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މިއަދުގެ މުޢާމަލާތްތަކަށް ބަލާއިރު، ޙިއްޞާގެ ބާޒާރުގައި އެމްޓީސީސީގެ ޙިއްޞާގެ އަގު ވަނީ، 210 ރުފިޔާއަށް މައްޗަށް ގޮސްފައެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މިއަދުގެ ޓްރޭޑިންގ ބޯޑަށް ބަލާއިރު، އެމްޓީސީސީގެ ޙިއްޞާ ގަތުމަށް ހުށަހެޅި އެންމެ މަތީ އަގަކީ، 210 ރުފިޔާއެވެ. އަދި އެންމެ ދަށް އަގަކީ، 150 ރުފިޔާއެވެ.

ޙިއްޞާގެ ބާޒާރުގައި އެމްޓީސީސީގެ އަގު 210 ރުފިޔާއަށް މައްޗަށް ގޮސްފައިވާއިރު، މީގެ އަހަރުތަކެއް ކުރިން އެކުންފުނީގެ ޙިއްޞާގެ އަގު 75 ރުފިޔާއަށް ދަށަށް ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި އެމްޓީސީސީގެ ޙިއްޞާގެ މުޢާމަލާތުތަކުގެ އަގުތައް މައްޗަށްގޮސް، އިންވެސްޓަރުންގެ އިތުބާރު ބޮޑުވެފައި މިވަނީ، މާލީގޮތުން އެމްޓީސީސީ ފަހަކަށް އައިސް ހޯދަމުން އަންނަ ކުރިއެރުންތަކުގެ ސަބަބުންކަން ފާހަގަކޮށްލެވެއެވެ. އެމްޓީސީސީން މިހާރު ކޮންޓްރެކްޓް އުޞޫލުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގު މިހާރު ހުރީ ދެ ބިލިއަން ރުފިޔާއަށްވުރެ މަތީގައެވެ. ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ކުރި އިންވެސްޓްމަންޓްތަކުގެ ޢަދަދު 400 މިލިއަނަށްވުރެ އިތުރު ކަމަށް އެކުންފުނިން ބުނެއެވެ.

އެމްޓީސީސީއަކީ ދިވެހިންނަށް އެންމެ ފުރަތަމަ ޙިއްޞާ ވިއްކަން ފެށި ޕަބްލިކް ކުންފުނިކަން ފާހަގަކޮށްލެވެއެވެ.