ޚަބަރު

އީ.ސީ.އިން 2015ވަނަ އަހަރުގެ މާލީ ޚަރަދުތައް ބެލެހެއްޓުން ރަނގަޅު


އިލެކްޝަންސް ކޮމިޝަނުން 2015 ވަނަ އަހަރު މާލީ ޚަރަދުތައް ބަލަހައްޓާފައިވަނީ، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާއިދާއި އެއްގޮތަށްކަމަށް އޮޑިޓަރ ޖެނެރަލް ހާމަކުރައްވައިފިއެވެ.

އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔާތު ސޮއިކުރައްވާ ޢާންމުކުރައްވާފައިވާ، އިލެކްޝަންސް ކޮމިޝަންގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ވަނީ، އިލެކްޝަންސް ކޮމިޝަނުން އެއަހަރު ޚަރަދުތައް ކޮށްފައިވަނީ، އެއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވި ބެޖެޓްގެ މަޤްޞަދު ޙާސިލްވާ ގޮތަށް ކަމަށެވެ.

ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންކަން ބަޖެޓްގައި ކަނޑައަޅުއްވާފައިވާ މިންވަރަށް ދައުލަތުގެ މާލިއްޔަތު ޤާނޫނާ ޤަވާއިދާއި އެއްގޮތަށް ޢަމަލު ކުރައްވާފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. 2015 ވަނަ އަހަރުގެ އިލެކްޝަންސް ކޮމިޝަންގެ އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވާފައި ވަނީ އެންމެ މައްސަލައެކެވެ. އެއީ، މާލީ އަހަރުގެ ނިޔަލަށް ހުރި ހަރުމުދަލުގެ އަގު ޔަޤީންކުރެވެން ނެތްކަމަށެވެ. އެހެންކަމުން އެކަން އިޞްލާޙުކުރުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްފާއިވެއެވެ.