ޚަބަރު

މިނިސްޓަރ، އަންބަރީ އަބްދުއްސައްތާރުއާ ބައްދަލުކުރައްވައިފި


މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފު ޢުމަރު، ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) އަންބަރީ ޢަބްދުއްސައްތާރުއާ ބައްދަލުކުރައްފިއެވެ.

ޑިފެންސް މިނިސްޓްރީގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި، ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) އަންބަރީ ޢަބްދުއް ސައްތާރު، ދިވެހި ސިފައިންނާ މެދު ބަހައްޓަވަމުންދާ ގާތް، އަޙުވަންތަ ގުޅުން ފާހަގަކުރައްވައި، އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި އަންބަރީ އަބްދުއްސައްތާރު ސިފައިންގެ ޚިދުމަތުގައި އުޅުއްވި ދުވަސްވަރު، ސިފައިންގެ ތެރޭގައި މަސައްކަތްތައް ކުރެވެމުންދިޔަ ގޮތާއި، ސިފައިންގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވާ އިޖުތިމާޢީ ހަރަކާތްތަކާއި ޤައުމީ ފެންވަރުގަ އާއި ސިފައިންގެ ފެންވަރުގައި ކުރިއަށް ގެންގޮސްފައިވާ ބައެއް ކަންކަމާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރ ވަނީ މަޢުލޫމާތު ސާފުކުރައްވާފައެވެ. އަދި، އެމްއެންޑީއެފް އާއި ދިވެހި ސިފައިންގެ ތަރައްޤީއަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި، ކުރިއަށް ރޭވިފައިވާ ބައެއް ކަންކަމާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރ ވަނީ މަޢުލޫމާތު ޙިއްސާ ކުރައްވާފައެވެ.

އަންބަރީ ޢަބްދުއްސައްތާރުއަކީ ސިފައިންގެ އިސް މަޤާމުތަކުގައި ވަރަށް ގިނަ ދުވަސްތަކެއް ވާންދެން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އަދި، ސިފައިންގެ އެންމެ މަތީ ވެރިޔާގެ ނާޢިބުގެ މަޤާމުވެސް އެމަނިކުފާނު އަދާކުރެއްވިއެވެ.