ޚަބަރު

އެމް.އައި.ޔޫގެ ދަރިވަރުންނަށް ލޯނު ލިބޭނެ ގޮތް ހަމަޖައްސަވައިފި


މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމް ޙާސިލްކުރަމުންދާ ދަރިވަރުން ކިޔެވުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސަވައިފިއެވެ.

އެއްބަސްވުމުގެ ދަށުން ޔުނިވަރިސޓީގައި ކިޔަވާ ދަރިވަރުންނަށް މަލީ ގޮތުން ބޮޑު އެހީއެއް ލިބިގެންދާނެ ކަމަށް، މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޗާންސެލަރ ޑރ.މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

މި ލޯނު އަނބުރާ ދައްކަންޖެހޭނީ، ދަރިވަރުން ކިޔަވާ ނިމިގެން ކަމަށް ޑރ، ޝަޙީމް ވިދާޅުވިއެވެ. ފުރަތަމަ ސެމިސްޓާރގެ ކިޔެވުން ފެށުމުގެ ގޮތުން ބާއްވާ އޮރިއެންޓޭޝަންގައި ލޯނު ސްކީމާ ބެހޭ މަޢުލޫމާތު ދަރުވަރުންނާ ޙިއްސާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް ޔުނިވަރސިޓީން ވިދާޅުވިއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ 5 ސްކޮލަރޝިޕްގެ ފުރުޞަތުވެސް އައިއެމްޔޫއަށް ދެއްވާފައެވެ. އަދި މި ސްކޮލަރޝިޕްއަށް ހޮވުނު ކުދިންނާ ވަރަށް އަވަހަށް ސްކޮލަރޝިޕް ޙަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް އައިޔޫއެމުން ވިދާޅުވެއެވެ. މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީގެ ތަފާތު އެކި ޕްރޮގްރާމްތަކުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާސިލްކުރަމުންދެއެވެ.