ޚަބަރު

އައްޑޫ ސިޓީގައި ފުލުހުންގެ އޮަޕަރޭޝަނެއް ފަށައިފި


މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. 

މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހު ފެއްޓެވި މިއޮޕަރޭޝަނުގައި ތުހުމަތުކުރެވޭ މީހުންނާއި އައްޑޫ ސިޓީގެ އެކި ސަރަޙައްދުތަކާއި ފަޅުގޯތިތަކާއި ތަންތަން ބަލައިފާސްކުރަމުންދާކަމަށެވެ. މިގޮތުން ގިނަ ޢަދަދެއްގެ ތަންތަން ބަލައިފާސްކޮށްފައިވާއިރު މަސްތުވާތަކެއްޗާއެކު 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. 

އައްޑޫ ސިޓީގެ ފަޅުގޯތިތަކާއި އެކި ސަރަޙައްދުތައް ބަލައިފާސްކުރިއިރު އެތަންތަނުގެ ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން އައްޑޫ ސިޓީގައި އޮޕަރޭޝަނެއް ހިންގާއިރު މާލެއާއި މާލެ ހިމެނޭ ސަރަޙައްދުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އޮޕަރޭޝަނެއް ހިންގަމުންނެވެ. މީގެއިތުރުން ފުލުހުންގެ މަރުކަޒުތައް ޤާއިމްކޮށްފައިވާ ރަށްރަށުގައިވެސް ސިލްސިލާކޮށް އޮަަޕަރޭޝަންތައް ދަނީ ހިންގަމުންކަމަށް ޕޮލިހުން މަޢުލޫމާތުދެއްވައެވެ.