ޚަބަރު

އދ. ން ފާސްކުރި ޤަރާރަށް ރާއްޖެއިން މަރުޙަބާ ކިޔައިފި


ފަލަސްޠީނުގެ ބިމުގައި ޔަހޫދީން ގަދަމުން ވަޒަންވެރިކުރުވުމަށް އިސްރާއީލުން ކުރާ މަސައްކަތާ ދެކޮޅަށް އދ. ގެ ސަލާމަތި މަޖިލީހުން ޤަރާރެއް ފާސްކުރުމުން ދިވެހިރާއްޖެއިން އެކަމަށް މަރުޙަބާ ކިޔައިފިއެވެ. tw:https://twitter.com/MDVForeign/status/812560546859880448

ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން މިނިސްޓްރީއިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އދ.ގެ ސަލާމަތީ މަޖިލީހުން ރޭ ފާސްކުރި މި ޤަރާރަކީ، ފަލަޞްތީނުގެ ބިންތައް ހިފައި، އެބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް އިސްރާއީލުން ހިންގާ ޢަމަލުތައް ނިމުކަމަށް ގެނައުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ތާރީޚީ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ސިފަކުރައްވާފައިވެއެވެ.