ޚަބަރު

ގާފަރު ކައިރީގައި އޮތް މަސްދޯންޏެއްގައި އަލިފާން ރޯވެއްޖެ


ކ. އަތޮޅު ގާފަރު ކައިރީގައި މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ. 

އެމްއެންޑީއެފުން ވިދާޅުވީ އަލިފާން ރޯވީ "ކުރަނގި" ނަމަކަށް ކިޔާ ކަންނެލި މަސް ދޯންޏެއްގައިކަމަށެވެ. އަދި އެސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

އެމްއެންޑީއެފުން ވިދާޅުވީ 63 ފޫޓް ހުންނަ މަސް ދޯނީގައި އަލިފާން ރޯވީ، ގާފަރު އިރުމަތިން އޮންނަ ބޮޔެއް ކައިރީގައި މަސްވެރިކަންކުރަން އުޅެނިކޮށްކަމަށެވެ. ނަމަވެސް އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭގޭ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.