ވިޔަފާރި

ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ހޭދައާގުޅޭ ސަރވޭ މާދަމާ ފަށަނީ


ދިވެހިން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރައްވަމުން އަންނަ އަހަރީ ސާރވޭ މާދަމާ ފަށްޓަވާނެއެވެ.

މިއީ ދިވެހިންނާއި ބޭރުގެ ފަރާތްތަކާ ދެމެދު ކުރެވޭ އިޤްތިޞާދީ މުޢާމަލާތުތަކާ ގުޅޭ ތަފާސްހިސާބު އެކުލަވައިލެއްވުމަށް ކުރައްވާ ދިރާސާއެކެވެ. މި ދިރާސާ ކުރައްވަނީ މާދަމާއިން ފެށިގެން މިމަހުގެ އެއްތިރީހުގެ ނިޔަލަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެރައިވަލް ހޯލުގައެވެ.

.އެމް.އެމް.އޭއިން ވިދާޅުވާގޮތުގައި މި ސަރވޭގައި ފަރުދީ އެއްވެސް މަޢުލޫމާތެއް ނުނަންގަވާނެއެވެ. މި ސަރވޭގެ ޢަމާޒަކީ ފައިސާ ހޭދަކުރެވޭ މިންވަރާއި ބޭނުންތައް ދެނެގަތުމެވެ. މީގެތެރޭގައި ދަތުރުގެ ބޭނުމާއި، ޒިޔާރަތްކުރި ޤައުމާއި، ޓިކެޓާއި، ކެއުމާއި ހުރުމާއި ބޭސްފަރުވާއާއި ދަތުރުފަތުރަށް ހޭދަވި ޚަރަދާއި ޖުމްލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ޚަރަދުގެ މަޢުލޫމާތު ހިމެނެއެވެ. އަދި މިއީ ސުކޫލް ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިން އެނބުރި މާލެ އަންނަން ފަށާ ދުވަސްވަރުކަމުން، ވިހާވެސް ގިނަ ދިވެހިންގެ އެއްބާރުލުން މި ސަރވޭއަށް ހޯއްދެވުމަށް އެމް.އެމް.އޭއިން މަސައްކަތްކުރައްވާނެކަން އެ ބޭނުންކުން ހާމަކުރައްވައެވެ.