ޚަބަރު

ވިޒިޓް މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށްފި


"ވިޒިޓް މޯލްޑިވްސް" ވެބްސައިޓް ރަސްމީކޮށް ލޯންޗުކޮށްދެއްވައިފިއެވެ. 

މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި ވިޒިޓް މޯލްޑިވްސް ވެބްސައިޓް (www.visitmaldives.com) ރަސްމީކޮށް ލޯންޗުކޮށްދެއްވީ މިނިސްޓަރ އޮފް ޓުއަރިޒަމް މޫސާ ޒަމީރެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުހައްމަދު ވިދާޅުވީ ވިޒިޓް މޯލްޑިވްސް ވެބްސައިޓް ލޯންޗުކޮށްފައިވަނީ ކުރީގެ ވެބްސައިޓާއި ޚިލާފަށް ބޮޑެތި ބަދަލުތަކަކާއެކުކަމަށެވެ. އަދި މި ވެބްސައިޓުގެ ސަބަބުން ޓުއަރިޒަމް އިޝްތިހާރުކުރުމުގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނޭކަމަށް ހާރިސް ވިދާޅުވިއެވެ. 

މިއަހަރަކީ ރާއްޖެއަށް ޒިޔާރަތް ކުރުމުގެ އަހަރުގެ ގޮތުގައި ކަނޑައަޅުއްވައި އެކަން ފާހަގަ ކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ ހަރަކާތްތަކެއް ހިންގަވަމުންނެވެ.