ކުޅިވަރު

އެސްޕަންޔޯލް ބަލިކޮށް ބާސެލޯނާ ދެވަނައަށް ޖެހިލައިފި


ލުއިސް ސުއަރޭޒްގެ ދެ ގޯލުން ފަސޭޙަކަމާއެކު އެސްޕަންޔޯލްގެ މައްޗަށް ކުރި ހޯދާ ސްޕެނިސް ލީގް ތާވަލްގެ ދެވަނައަށް ބާސެލޯނާއިން ޖެހިލައިފިއެވެ.

ބާސެލޯނާގެ ދަނޑުގައި ރޭ އެ ޓީމުން ކުޅުނު މެޗް ކާމިޔާބުކުރީ ހަތަރު ލަނޑު އެއް ލަނޑުންނެވެ. މެޗްގައި ބާސެލޯނާއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ސުއަރޭޒް ކާމިޔާބުކޮށްދިންއިރު އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ލަޔަނަލް މެސީއާ ޖޯޑި އަލްބާއެވެ. އެސްޕަންޔޯލްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ލޮޕޭޒް ސިލްވާރއެވެ.

 މި މެޗުން މޮޅުވެ ބާސެލޯނާ ތާވަލްގެ ދެވަނައަށް ޖެހިލާފައިވަނީ ތިރީސް ހަތަރު ޕޮއިންޓާއެކުއެވެ. އެސްޕަންޔޯލް އޮތީ ތާވަލްގެ ނުވަވަނާގައި ބާވީސް ޕޮއިންޓާއެކުއެވެ. 

ސްޕެނިސް ލީގުގެ ތިންވަނާގައި އޮތް ސެވިއްޔާވެސް ރޭ ވަނީ މަލާގާގެ މައްޗަށް ހަތަރު ލަނޑު އެއް ލަނޑުގެ ބޮޑު ތަފާތަކުން މޮޅުވެފައެވެ.