ކުޅިވަރު

އެމްބީއޭގެ ރައީސްކަމަށް މަމްދޫހު ހޮވިއްޖެ


މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން ރައީސްކަމަށް އަހުމަދު މަމްދޫހު ހޮވިއްޖެއެވެ. 

ސޯޝަލް ސެންޓަރ ސެމިނާ ރޫމްގައި ކުރިއަށްދިޔަ މިއިންތިޙާބްގައި ރައީސްކަމަށް އަހުމަދު މަމްދޫހު ހޮވުނުއިރު، ރައީސްގެ މަގާމަށް ދެން ވާދަކޮށްފައިވަނީ ބާސްކެޓްބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ވިޝާމް ރަޝީދުއެވެ. ކުރީގެ ޖެނެރަލް ސެކެޓްރީ އާރިފް ރިޒާ ރައީސްކަމަށް ވާދަކުރެއްވި ނަމަވެސް އާރިފްވަނީ ފަހުން ނަން އަނބުރާ ގެންދަވާފައެވެ.

 މަމްދޫހު ރައީސްކަމަށް ހޮވިފައިވަނީ ވޯޓްލީ 18 ކުލަބްގެ ތެރެއިން 17 ކުލަބްގެ ބޮޑު ތާޢީދަކާއެކުއެވެ. ރައީސްގެ މަގަމާމްއަށް ވާދަކުރި ވިޝާމްއަށް ލިބުނީ 1 ވޯޓެވެ. މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން އިންތިޙާބްގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ 29 ކުލަބް އޮތްނަމަވެސް ރޭގެ ވޯޓްގައި ބައިވެރިވެފައިވަނީ 18 ކުލަބުންނެވެ.

ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސްގެ މަގާމު ހުސްވީ މިދިޔަ އޮކްޓޯބަރު މަހު ބޭއްވި އިންތިހާބުގައި ރައީސްގެ މަގާމަށް އަބްދުﷲ ސިނާން ހޮވިވަޑައިގެންނެވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.