 
										
			7 ވަނަ ޤައުމީ ފިލްމު އެވޯޑަށް ވާދަކުރާ ފަރާތްތަކުގެ ނަންތައް އިޢުލާންކޮށްފިއެވެ.
 
ފިލްމު އެވޯޑަށް ވާދަކުރާ ފަރާތްތަކުގެ ނަންތައް އިޢުލާންކުރީ މިރޭ ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
 
ޤައުމީ ފިލްމު އެވޯޑުގައި ދޭ ބައެއް އެވޯޑްތަކާއި އެވޯޑްތަކަށް ވާދަކުރާ ފަރާތްތައް..
 
އެންމެ މޮޅު އެކްޓަރ ( ފިރިހެން )
 
* އިސްމާއިލް ރަޝީދު ( އިނގިލި )
 
* އިސްމާއިލް ރަޝީދު ( ލޫދިފާ ) 
 
* ލުފްޝާން ޝަކީބް ( ޝަޒާ ) 
 
* އަޙުމަދު ސަޢީދު ( އިންސާފު ) 
 
* ޔޫސުފް ޝަފީޢު ( ފަތިސް ހަނދުވަރުގެ ފެށުން ) 
 
އެންމެ މޮޅު އެކްޓަރ ( އަންހެން )
 
* މަރިޔަމް އަފީފް ( ލޫދިފާ )
 
* އާމިރާ އިސްމާއިލް ( ލަވް ސްޓޯރީ ) 
 
* ނިއުމާ މުހައްމަދު ( ޝަޒާ ) 
 
* ނިއުމާ މުހައްމަދު ( މިހަށިން ފުރާނަ ދަންދެން ) 
 
* ފާތިމަތު ފަރީލާ ( ފަތިސް ހަނދުވަރުގެ ފެށުން ) 
 
އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ ( އަންހެން )
 
* ޚަދީޖާ އިބްރާހިމް ދީދީ ( ލޫދިފާ ) 
 
* އައިޝަތު ރިޝްމީ ( ލަވް ސްޓޯރީ )
 
* ފާތިމަތު އާޒިފާ ( ލޫދިފާ )
 
* ޝީލާ ނަޖީބް ( ޒަހަރު )
 
* އައިޝަތު ރިޝްމީ ( ހިތް ޔާރާ ދީފާ ) 
 
އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ ( ފިރިހެން )
 
* އަބްދުﷲ މުއާޒް ( އިނގިލި )
 
* ރަވީ ފާރޫޤް ( ލޫދިފާ )
 
* އިސްމާއިލް ރަޝީދު ( ޝަޒާ )
 
* އަހުމަދު ނިމާލް ( މި ހަށިން ފުރާނަ ދަންދެން ) 
 
* ހަސަން މަނިކު ( މި ހަށިން ފުރާނަ ދަންދެން ) 
 
އެންމެ މޮޅު ފިލްމު 
 
* އިނގިލި
 
* ލޫދިފާ
 
* ލަވް ސްޓޯރީ
 
* ޝަޒާ
 
* ފަތިސް ހަނދުވަރުގެ ފެށުން 
 
އެންމެ މޮޅު ޑައިރެކްޓަރ 
 
* ރަވީ ފާރޫޤް ( އިނގިލި )
 
* މޫމިން ފުއާދު ( ލޫދިފާ ) 
 
* އަބްދުލް ފައްތާޙު ( ލަވް ސްޓޯރީ )
 
* ހުސެއިން މުނައްވަރު ( ޝަޒާ ) 
 
* އަލީ ޝިފާޢު ( ފަތިސް ހަނދުވަރުގެ ފެށުން ) 
 
ޤައުމީ ފިލްމު އެވޯޑަށް ވާދަކުރާ ފަރާތްތަކުގެ ނަންތައް އިޢުލާންކުރުމަށް ސެނެކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ފިލްމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން ބައިވެރިވިއެވެ. 3 އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ ޤައުމީ ފިލްމު އެވޯޑް އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. 7 ވަނަ އެންސީއޭ ފިލްމް އެވޯޑްގެ އިވެންޓް މެނޭޖް ކުރުމާއި މީޑިއާ ޕާޓްނަރަކަށް ހަމަޖައްސަވާފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ.