ޚަބަރު

ޕާކުތައް ތަރައްޤީކުރުން - ރައްޔިތުންނަށް ގެނެސްދިން ބޮޑު އުފަލެއް


މިދުވަސްވަރަކީ ބޮޑު ޗުއްޓީއާއި ދިމާކޮށް ތަފާތު ބޭނުންތަކަށް އަތޮޅުތެރޭގެ ގިނަ ޢާއިލާތައް މާލެ އަންނަ ދުވަސްވަރެކެވެ. ތޮއްޖެހިފައިވާ މާލެއަށް ތަފާތު ޒަރޫރީ އެކި ބޭނުންތަކަށާއި، ޗުއްޓީ ހޭދަކުރުމަށް އަންނަމުންދާ ގިނަ މީހުންގެ އެންމެ ބޮޑު ޝަކުވާއަކަށް މިހާތަނަށް ވެފައިއޮތީ މާލޭގެ ކާރޫބާރޫ ބޮޑުކަމާއެކު ހިތް އުފާކޮށްލަން މަޑުކޮށްލާނޭ ޚާއްސަ މަންޒިލްތަކެއް ނެތުމެވެ. 

img:http://s1.psmnews.mv/images/660x400/14772396601715.jpg|ކާނިވާ ސަރަޙައްދުގައި ތަރައްޤީކުރައްވާފައިވާ އިސްކަންދަރު މައިޒާން-

އެހެން ނަމަވެސް ސަރުކާރުން މިހާރު މިވަނީ މާލެއަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި، މާލޭގެ އެކި ސަރަޙައްދުތަކުގައި ފިނި މައިޒާންތަކާއި ޕާކްތައް ތަރައްޤީކުރައްވާފައެވެ. 

މިޕާކްތަކަށް ނަޒަރު ހިންގާލުމުން ފެންނަނީ އެކި އުމުރުފުރާގެ މީހުން އެކުވެރިންނާއި ގާތްތިމާގެ މީހުންނާއެކު ވަގުތު ހޭދަކުރާ މަންޒަރެވެ. ޕާކުތަކުގައި ވަގުތު ހޭދަކުރުމަށް ދާ މީހުން ބުނީ މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.

img:http://s4.psmnews.mv/images/660x400/14639330655091.jpg|ހުޅުމާލޭ ސެންޓްރަލް ޕާކް- ފޮޓޯ: ޕީއެސްއެމް

މާލޭގައި ސަރުކާރުން ތަރައްޤީ ކުރައްވާފައިވާ ފިނިމައިޒާންތަކާއި ޕާކުތަކުގައި ޢާއިލީ ހަވީރުތައް ބޭއްވުމުގެ އިތުރުން ކުޑަކުދިން އެކި ކުޅިވަރުތައް ކުޅެ، އުފާވެރި ވަގުތު ހޭދަކުރާ މައިޒާންތަކެއްގެ ގޮތުގައި މިހާރު އެތަންތަން ވަނީ ޢާއްމުންގެ ގިނަ މީހުންގެ މެދުގައި ވަރަށް މަޤްބޫލު ތަންތަނަށްވެފައެވެ.

ސަރުކާރުން ހިންގަވާ ތަރައްޤީއާއި ގުޅުންހުރި މިފަދަ ކޮންމެ މަޝްރޫޢުއަކީ ހުރިހާ ރައްޔިތުންނަށް ޝާމިލް ވެވޭނެ ގޮތަށް ލާބަޔާއި މަންފާ ލިބޭގޮތަށް ދުރުވިސްނުމާއެކު ކުރިއަށްގެންދަވާ މަޝްރޫޢުތަކެކެވެ.