ޚަބަރު

ޕްރޮސެކިއުޓަރ ޖެނެރަލް ޗައިނާއަށް ފުރާވަޑައިގެންފި


ޗައިނާގެ ލޯ ސޮސައިޓީގެ ފަރާތުން އިންތިޒާމް ކުރައްވައިގެން ބާއްވަވާ ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިސާމް ޗައިނާއަށް ފުރާވަޑައިގެންފިއެވެ. 

ދަ ސެކަންޑް ޗައިނާ-ސައުތު އޭޝިއާ ލީގަލް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލް ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ، ޗައިނާގެ ލޯ ސޮސައިޓީގެ ނައިބު ރައީސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. 

ޗައިނާގެ ލޯ ސޮސައިޓީގެ ފަރާތުން އިންތިޒާމްކުރައްވައި، މިމަހުގެ 14 އިން 16 ގެ ނިޔަލަށް ކުރިއަށްދާ މިފޯރަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި "ފަސްޓް ކޯސް އޮން ޗައިނާ-ސައުތު އޭޝިއާ ލީގަލް ޓްރެއިނިންގ ބޭސް" ޓްރެއިނިންގ ޕްރޮގްރާމްގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ 3 ޕްރޮސިކިއުޓަރަކު ބައިވެރިވެވަޑައިގަންނަވައެވެ. 

މިދަތުރުފުޅު ނިންމަވާލައްވައި ޕްރޮސެކިއުޓަރ ޖެނެރަލް އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.