ޚަބަރު

އެޕާޓްމަންޓް ތަރައްޤީކުރުމަށް 7 ކުންފުންޏަކަށް ބިން ދޫކޮށްފި


ހުޅުމާލޭގައި އެއްމެދު ޢިމާރާތް ތަރައްޤީކޮށް، ވިއްކުމަށް 7 ކުންފުންޏަކާ ޙަވާލުކުރުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ނިންމައިފިއެވެ. 

މި ބިންތައް ޙަވާލުކުރުމަށް ނިންމާފައިވާނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ނެއިބަރހޫޑް އެކަކުންނެވެ. ހުޅުމާޅޭގައި އެއްމެދު ޢިމާރާތް ތަރައްޤީކޮށް، ވިއްކުމަށް ސަތޭކަ އިންސައްތަ ދިވެހިން ޙިއްޞާވާ ކުންފުނިތަކަށް މިއަހަރުގެ އޮގަސްޓްމަހު ހުޅުވާލި މިފުރުޞަތުގައި ބިޑް ކާމިޔާބުކޮށްފައިވަނީ، މާލާ ހައިރައިޒިންއާއި، އިނޮކާ ޕްރައިވެޓް ލިމިޓެޑާއި، އެސޯސިއޭޓް ބިޒްނަސް އެޖެންޓްސް މޯލްޑިވްސްއާއި، ކީ ސްޓޯން އިންޓަނޭޝަނަލާއި، ގްލަޓް އިންވެސްޓްމެންޓާއި، ޖަވާހިރު އިލެވެންއާއި ގެލޮން ޕްރައިވްޓް ލިމިޓެޑްއެވެ. 

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ބިންތަކަކީ، ދެހާސް ހަސަތޭކަ ނުވަދިހަ އަކަފޫޓާއި، ދެހާސް ހަތްސަތޭކަ ތޭވީސް އަކަފޫޓުގެ ބިންތަކެކެވެ. މިހާރުވެސް ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އެޕާރޓްމެންޓް ކޮމްލެކްސް ޢިމާރާތް ކުރަމުންދެއެވެ.