ކުޅިވަރު

މައިސާ ބަނގްލަދޭޝް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފި


އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ ދެވަނަ ބުރަށް މައިޝާ ފަތުހުﷲ ދަތުރުކޮށްފިއެވެ. މައިޝާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ ދެވަނަ ބުރަށް ދަތުރުކުރީ ފުރަތަމަ ބުރުގައި ނޭޕާލްގެ ޖެސިކާ ގުރުންގްއާ ވާދަކޮށް މެޗް ކާމިޔާބުކޮށްގެންނެވެ. 

ޤައުމީ ޗެމްޕިއަން މައިޝާ މިމެޗް ކާމިޔާބުކުރީ 21-15 އަދި 21-18 ނެވެ. މައިސާ ވަނީ ބަނގްލަދޭޝްގައި ނިމިގެންދިޔަ ބެޑްމިންޓަން މުބާރާތުގެ ކުއާޓާ ފައިނަލަށްވެސް ދަތުރުކޮށްފައެވެ. 

މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ އިވެންޓެއްގެ ކުއާޓާއަށް ދިވެހި އަންހެން ކުޅުންތެރިއަކު ދަތުރުކުރި ފުރަތަމަ ފަހަރެވެ. އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގައި މައިޝާއާއި ނަޝީޢު ޝަރަފުއްދީން މޮޅުވިއިރު، ޒަޔާން ޒަކީ ކުޅުނު ފުރަތަމަ މެޗުން ބަލިވެ، އޭނާވަނީ މުބާރާތުން ކަޓާފައެވެ. ނަޝީއު މެޗް ކާމިޔާބުކުރީ އިންޑިއާގެ ޝްރެޔަންސް ޖޭސްވާލްއާ ވާދަކޮށްގެންނެވެ. 

ބެޑްމިންޓަން އެސޯސިއޭޝަނުން މިހާރު އަމާޒު ހިފާފައިވަނީ ދެހާސް ނަވާރަވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށެވެ.