ޚަބަރު

ހަޤީޤަތާ ޚިލާފް ޚަބަރު ނެފެތުރުމަށް މީޑިއާތަކަށް ގޮވާލައިފި


ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރެއްވުމަށް ބޭއްވެވި ޖަލްސާގައި އެޗްއާރްސީއެމްގެ ރައީސް އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށް ވިދާޅުވިކަމަށް ބުނެ، ބައެއް މީޑިޔާތަކުން ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ފަތުރާފައިވާ ކަމަށް ބަޔާންކުރައްވައި، ހިއުމަން ރައިޓްސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރައްވައި، އެކަން ކުށްވެރިކުރައްވައިފިއެވެ.

އެޗްއާރްސީއެމުން ނެރުއްވި ނޫސް ބަޔާނުގައި ވިދާޅުވެފައިވަނީ، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޖަލްސާގައި އެޗްއާރްސީއެމްގެ ރައީސް އާމިނަތު އީނާސް، އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށް ވިދާޅުވިކަމަށް ބުނެ، ބައެއް މީޑިއާތަކުން ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ފެތުރުމުގެ ސަބަބުން ހިއުމަން ރައިޓްސް ކޮމިޝަނަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ކަމަށެވެ. އަދި ކޮމިޝަންގެ މަސައްކަތްތަކުގެ އިތުބާރު ގެއްލި ކޮމިޝަންގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅޭ ގޮތް މެދުވެރިވުމަކީ ކޮމިޝަނުން ނިހާޔަތަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ. 

މިބަޔާނުގައި މިފަދަ ޒިންމާދާރުކަން ކުޑަ ގޮތަކަށް ޚަބަރު ފަތުރާ ވަޞީލަތްތަކުން ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފެތުރުމުގެ ސަބަބުން ކޮމިޝަނުގެ ކަރާމާތައް އުނިކަން ލިބި، ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުން އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއެޅިގެންދިޔަ ކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.