ޚަބަރު

ޔޫރޯގެ އައު ފިހާރައެއް ހުޅުވައިފި


ޔޫރޯ މާރކެޓިންގއިން އިޓަލީވިލާތުގެ ސްކަވޯލީނީ ބްރޭންޑްގެ ބަދިގޭ ފަރުނީޗަރު ރާއްޖޭގެ ބާޒާރަށް މިއަދު ތަޢާރަފްކޮށްފިއެވެ.

ޔޫރޯ މާކެޓިންގއިން މިއަދު ވަނީ ސްކަވޯލިނީ، ބްރޭންޑްގެ ފަރުނީޗަރު ވިއްކުމަށް "ހޮޓެކް" ނަމުގައި ފިހާރައެއް ހުޅުވާފައެވެ. މި ފިހާރަ ހުޅުވައިދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ބަންދު އިބްރާހީމް ސަލީމް އަދި ސްކަވޯލިނީގެ ސޭލްސް ޑިރެކްޓަރ ރޮބަރތޯ ގްރަމަޗިއޯނީއެވެ. img:http://s3.psmnews.mv/images/660x400/14816228480664.jpg|ޔޫރޯގެ އައު ފިހާރައެއް ހުޅުވުން - ފޮޓޯ: ޕީއެސްއެމް

ސްކަވޯލީނީގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ތަޢާރަފްކުރުމަށްފަހު ރޮބަރތޯ ގްރަމަޗިއޯނީ ވިދާޅުވީ، ސްކަވޯލިނީ ބްރޭންޑްގެ ފަރުނީޗަރު ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ މާޙައުލާއި ގުޅޭނެ ގޮތަށް ކަމަށެވެ. އަދި މި އުފެއްދުމަކީ ޖާގައިގެ ގޮތުން ކުޑަ ތަންތަނުގައި ބޭނުންކުރުމަށް ޚާއްޞަ އުފެއްދުމެއްކަން ފާހަގަކުރެއްވިއެވެ. ސްކަވޯލިނީ ބްރޭންޑްގެ ބަދިގޭ ފަރުނީޗަރުގެ ތެރޭގައި ހިމެނޭ ކަބަޑުސެޓާއި، އެނޫންވެސް ތަކެތި ފަރުމާކޮށްފައިވަނީ އެންމެފަހުގެ އިންޖިނިއަރިންގ ބޭނުންކޮށްގެންކަން ގްރަމަޗިއޯނީ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ސްކަވޯލިނީ ބްރޭންޑްގެ ފަރުނީޗަރު، އިޓަލީގެ އިތުރުން ނިއުޔޯކާއި، ޝަންހާއި ފަދަ މާކެޓްތަކުގައި ބޭނުންކުރަމުން އަންނައިރު، ދިވެހިރާއްޖެ ފަދަ ޤައުމަކަށް ސްކަވޯލިނީ ބްރޭންޑް ތައާރަފްކުރެވުމަކީ އެކުންފުންނަށް ލިބިގެންދިއަ ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ.