ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ގެމަނަފުއްޓަށް ވަޑައިގަންނަވައިފި


މަސްވެރިންގެ ދުވަހުގެ އިޙްތިފާލުތަކުގައި ބައިވެރިވެލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެމަނަފުއްޓަށް ވަޑައިގަންނަވައިފިއެވެ. img:http://s2.psmnews.mv/images/660x400/14816171531050.jpg|ރައީސުލްޖުމްހޫރިއްޔާ ގެމަނަފުއްޓަށް ވަޑައިގެންނެވުން - ފޮޓޯ: ޕީއެސްއެމް

ރައީސުލްޖުމްހޫރިއްޔާ ގެމަނަފުއްޓަށް ވަޑައިގަންނެވުމާއެކު އެރަށު ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީން އަބްދުލް ޤައްޔޫމަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެރަށަށް ވަޑައިގަތުމުން އެރަށު ރައްޔިތުން ރައީސްއަށް މަރުހަބާ ދެންނެވުމުގެ ގޮތުން އައިޓަމްތަކެއްވެސް ހުށައަޅާދީފައިވެއެވެ.

މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.