ތ. ގުރައިދޫގައި ޕޮލިސް ސްޓޭޝަނުން އިސްނަގަވައިގެން އެރަށުގައި ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގަވައިފިއެވެ.
އިއްޔެ ބޭއްވި މި ޕްރޮގްރާމުގައި ފުލުހުން ވަނީ އެރަށުގެ ފިހާރަތަކަށް ޒިޔާރަތް ކުރައްވާ ވިޔަފާރިވެރިން ހޭލުންތެރި ކުރުމުގެ ގޮތުން، ފައިސާ ގެންގުޅުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ފިހާރައާއި މުދަލުގެ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައެވެ. އަދި ރީލޯޑް އާއި ރާސްޓަސް ކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންވި ކަންތައްތަކާއި ގުޅޭ ގޮތުންވެސް މަޢުލޫމާތު ދެއްވާފައިވެއެވެ.
ރަށްރަށުގައި މަސައްކަތްކުރާ ފުލުހުން ދަނީ ރައްޔިތުންނާއި ވިޔަފާރިވެރިން އަދި ސްކޫލު ދަރިވަރުން ހޭލުންތެރި ކުރުމުގެ ގޮތުން ސިލްސިލާކޮށް ތަފާތު ޕްރޮގްރާމްތައް ހިންގަވަމުންނެވެ.