ކުޅިވަރު

12 އަހަރަށްފަހު އައްކަޅޭ ގައުމީ ވޮލީ ޓީމުން ބާކީކޮށްފި


ބާރަ އަހަރަށްފަހު އަޝްފާގް އާދަމް ( އައްކަޅޭ ) ގައުމީ ޓީމުން ބާކީކުރުމަށްފަހު، ގައުމީ ވޮލީ ޓީމް އިޢުލާންކޮށްފިއެވެ. މިމަހުގެ ފަހުކޮޅުގައި ފެށުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ވޮލީ ޓީމް މިހާރު ކޭމްޕް ކުރަމުންދަނީ އަވައްޓެރި ސްރީލަންކާގައެވެ.

 މިއަދު އިޢުލާން ކުރެވުނު ގައުމީ ވޮލީ ޓީމްއިން އަޝްފާގް އާދަމް ބާކީކޮށްފައިވާއިރު، އޭނާއާއެކު ފާޒިލް، ލުގްމާން އަދި އާދަމް ނަސީމްވެސް ވަނީ ގައުމީ ޓީމުންން ބާކީކޮށްފައެވެ. 

އިންޓަރ ސްކޫލް ވޮލީ މުބާރާތްތަކުން ވިދާލި އައްކަޅޭ ވަނީ އެކި އުމުރު ފުރާތަކުގެ ޤައުމީ ޓީމަށް މީގެ ކުރިން ކުޅެފައެވެ. އުމުރުން 16 އަހަރުގައި ފުރަތަމަ ޤައުމީ ވޮލީ ޓީމުން ފެންނަން ފެށި އައްކަޅޭ ވަނީ ކްލަބް ލެވެލްގަޔާއި ޤައުމީ ލެވެލްގައި މޮޅު ކުޅުމެއް ދައްކާފައެވެ. 

މިއަދު އިޢުލާން ކުރެވުނު ގައުމީ ވޮލީ ޓީމްގައި ހިމެނެނީ، އިސްމާޢީލް ސާޖިދު، އަީ ހުޒާމް، އަހުމަދު އަބްދުލް ކަރީމް، ހަސަން ނިލާމް، މުހައްމަދު ޝާޢިން، އަލީ އާމިރު، އަހުމަދު އަނިލް ނަސީރު، އާދަމް ފައިރޫޒް، އަހުސަން، ވިޝާމް، އިޝާން މުހައްމަދު، އަދި ޖަވާމް އަލީގެ އިތުރުން މިމްރާޙްއެވެ. 

ގައުމީ ވޮލީ ޓީމްގެ ކެޕްޓަންއަކަށް ހަމަޖައްސާފައިވަނީ އީޝާން މުހައްމަދުއެވެ.

ބަންގްލަދޭޝްގައި ފަށާ ސެންޓްރަލް ޒޯން ވޮލީ މުބާރާތައް ރާއްޖޭގެ ވޮލީ ޓީމް ފުރާނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.