ކުޅިވަރު

މިއަންނަ އަހަރު އަންހެން ކުޅުންތެރިންނަށް ކްރިކެޓް މުބާރާތެއް


ރާއްޖޭގައި ފުރަަތަމަ ފަހަރަށް އަންހެން ކުޅުންތެރިންނަށް ކްރިކެޓް މުބާރާތެއް ބާއްވަން ކްރިކެޓް ބޯޑުން ނިންމަވައިފިއެވެ. 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާޙު ވިދާޅުވީ 4 ޓީމް ވާދަކުރާ މުބާރާތް ބާއްވާނީ ފުވައްމުލަކުގައިކަމަށެވެ. އެމުބާރާތުގައި ވާދަކުރާނީ ކްރިކެޓްގެ ހަރަކާތްތައް ފުޅާކޮށް ހިންގަމުން އަންނަ ކުނަހަންދޫގެ ޓީމަކާއި، މާލެއިން ޓީމަކާއި، ފުވައްމުލަކުގެ ދެޓީމެވެ. އަފްލާހު ވިދާޅުވީ މިރަށްތަކުގައި މިހާރުވެސް އަންހެން ކުޅުންތެރިން ކްރިކެޓް ކުޅެމުންދާކަމަށާއި، ދުނިޔޭގައިވެސް އަންހެން ކްރިކެޓް ކުރިއަރަމުންދާކަމަށެވެ. އާ ބޯޑުން ކްރިކެޓް ކުރިއެރުވުމަށް ކުރާ މަސައްކަތުގައި އަންހެން ކުޅުންތެރިންނަށްވެސް ސަމާލުކަން ދެއްވާނެކަމަށް އަފްލާޙު ވިދާޅުވިއެވެ.

" މިއީ މުޅިން އަލަށް ކުރާކަންތަށްތަށް، ދިވެހި ރާއްޖޭގައި އަދި ހިއެއް ނުވޭ މުބާާރާތެއްގެ ގޮތުގައި އަންހެން ކްރިކެޓް ކުޅުނު ހެނެއް. މިމުބާރާތް ބޭއްވުމަށް މިހާރު ވިސްނަމުންދަނީ މިއަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހުގެ މެދެއްހާ ހިސާބުގައި." އަފްލާހު ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14815725032077.jpg|

އަފްލާޙު ވިދާޅުވީ ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެން ކްރިކެޓް މުބާރާތް ވެގެންދާނީ ރާއްޖޭގައި އަންހެން ކްރިކެޓަރުން ކުރިއެރުވުމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.