ޚަބަރު

މަސްވެރިންގެ ދުވާހާ ގުޅުވައިގެން ފަރުމަސް ބޭނުމުގެ މުބާރާތެއް


މަސްވެރިންގެ ދުވާހާ ގުޅުވައިގެން ފަރުމަސް ބޭނުމުގެ މުބާރާތެއް ގެމަނަފުށީގައި ބާއްވައިފިއެވެ.

އިއްޔަ ހަވީރު 4:00 އިން ރޭ 9:00 އަށް ކުރިއަށް ދިޔަ މި މުބާރާތަކީ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ހިވަނުއްވައިގެން ފިޝަރީޒް މިނިސްޓްރީން ބޭއްވެވި މަސްބޭނުމުގެ މުބާރާތެކެވެ. މި މުބާރާތުން ވަަނަވަނަ ހޯދި ފަރާތްތަކަށް އިނާމް ދެއްވުމަށް ހަމަޖެހިވަނީ މާދަމާރޭ ގެމަނަފުށީގައި އޮންނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

މި މުބާރާތުގެ އެެެއްވަނަ އިނާކަމަށް 55،000 ރުފިޔާގެ އައުޓްބޯޑު އިންޖީނެއް އެމްޓީސީސީން ވަނީ ހުށައަޅާފައެވެ. މީގެއިތުރުން މުބާރާތުގެ އެއްވަނަ، ދެވަނަ އަދި ތިންވަނައިގެ އިތުރުން އެންމެ ބަރުމަސްބޭނި ފަރާތްތަކަށްވެސް އިނާމް ދެއްވުމަށް ހަމަޖެހިފައިވެއެވެ.