ޚަބަރު

ފަތުވާދޭ އެންމެ މަތީ މަޖިލީހަށް 2 ބޭފުޅަކު ޢައްޔަންކުރައްވައިފި


އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ 2 ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ދެ ބޭފުޅުންނަކީ، އައްޝައިޙް އާދަމް ޝަމީމްއާއި އަލްއުސްތާޛު އިސްޙާޤު މުޙައްމަދުފުޅެވެ. 

މި ދެ ބޭފުޅުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލިހަށް ޢައްޔަންކުރައްވާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.