ކުޅިވަރު

ބާސާ ފަސޭހައިން މޮޅުވި އިރު، މެޗު ބަލަން ލިވަޕޫލް ކުޅުންތެރިން


ތުރުކީގެ ފޯވާޑް ތުރާންގެ ހެޓްރިކާއެކު ހަތަރެއް ސުމަކުން މޮންޗެންގްލަޑްބެކް އަތުން ބާސާ މޮޅުވި މެޗު، ލިވަޕޫލްގެ ކުޅުންތެރިން ބަލައިފިއެވެ. 

ޗެމްޕިއަންސްލީގު ގްރޫޕް ސްޓޭގައި ބާސާގެ ދަނޑުގައި ކުޅުނު މެޗު ބަލަން ލިވަޕޫލްގެ ކޯޗް ކްލޮޕްއާއި، ކުޅުންތެރިން ވަނީ ބާސާގެ ސްޓޭޑިއަމްއަށް ވަދެފައެވެ. ތުރާން ހެޓްރިކް ހެދީ ދެވަނަ ހާފްގައެވެ. އޭގެ ކުރިން ފުރަތަމަ ހާފްގައި ބާސާގެ ފުރަތަމަ ލަނޑު ޖެހީ މެސީއެވެ. 

މެޗުގައި ބާސާއިން ޖެހި ހަތަރު ލަނޑާއެކު އެޓީމް ވަނީ އަނެއްކާވެސް އެއް ސީޒަނެއްގެ ޗެމްޕިއަންސްލީގުގެ ގްރޫޕް ސްޓޭޖްގައި 20 ލަނޑު ހަމަކޮށްފައެވެ. މީގެކުރިން ދެހާސް އެގާރަ، ބާރަ ވަނަ ސީޒަންގައިވެސް ބާސާއިން ވަނީ ގްރޫޕް ސްޓޭޖްގައި ވިހި ލަނޑު ހަމަކޮށްފައެވެ. ބާސާގެ އިތުރުން ގްރޫޕް ސްޓޭޖްގައި 20 ލަނޑު ހަމަކޮށްފައިވަނީ ރިއަލްމެޑްރިޑާއި، މެންޗެސްޓަރ ޔުނައިޓެޑެވެ.

 ބާސާ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދީ 15 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. މިގްރޫޕުން ދެވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދިޔައީ މެންޗެސްޓަރ ސިޓީއެވެ.