ދުނިޔެ

އޮސްޓްރިއާގެ އިންތިޚާބުގެ ކުރީގައި ވެންޑަރ ބެލަން


އޮސްޓްރިއާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ނިމު ވޯޓު ގުނަމުންދާއިރު، ގްރީން ޕާޓީގެ ކެންޑިޑޭޓް އެލެކްޒެންޑަރ ވެންޑަރ ބެލަން ކުރީގައި އުޅޭކަމަށް ނަތީޖާތަކުން ދައްކައިފިއެވެ.  

ޙަބަރުތައް ބުނާގޮތުން ގްރީން ޕާޓީގެ ކެންޑިޑޭޓް އަދި އެޕާޓީގެ ކުރީގެ ލީޑަރު އެލެކްޒެންޑަރ ވެންޑަރ ބެލަންއަށް 56 އިންސައްތައަށްވުރެ ގިނައިން ވޯޓް ލިބުނެވެ. އަދި އޭނާއާ ވާދަކުރި ރެފިއުޖީން އެތެރެކުރުމާއި މުސްލިމުންނާއި ދެކޮޅު ސިޔާސަތުތައް ގެންގުޅޭ އޮސްޓްރިއާގެ ފްރީޑަމް ޕާޓީގެ ކެންޑިޑޭޓް ނޯބަޓް ހޮފަރ އަށް ލިބުނީ 46 އިންސައްތައެއްހާ ވޯޓްކަމަށް ޙަބަރުތައް ބުނެއެވެ. 

އޮސްޓްރިއާގައި މޭމަހުވެސް ރިޔާސީ އިންތިޚާބު ބޭއްވިއެވެ. އެފަހަރުވެސް އިންތިޚާބު ކާމިޔާބުކުރެއްވީ ވެންޑަރ ބެލަންއެވެ. ނަމަވެސް އިންތިޚާބުގައި މަކާރު ހެދުމާއި އޮޅުވާލުން އޮތްކަމަށް ބުނެ އަލުން އިންތިޚާބު ބޭއްވުމަށް ނިންމީއެވެ.