ޚަބަރު

އެމްއޭޕީޑީއިން ކުޑަކުދިންގެ ހަވީރެއް ފާހަގަކޮށްފި


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މޯލްޑިވްސް އެސޯސިއޭޝަން ފޯރ ފިޒިކަލް ޑިސޭބަލްސްއިން ކުޑަކުދިންގެ ހަވީރެއް ފާހަގަކޮށްފިއެވެ. މިދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

މޯލްޑިވްސް އެސޯސިއޭޝަން ފޮރ ފިޒިކަލް ޑިސޭބަލްސްއިން އިސްނަގައިގެން ފާހަގަކުރި ކުޑަކުދިންގެ ހަވީރުގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވެއެވެ. މި ހަވީރަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުން، ޢާންމު މުޖުތަމަޢުގައި، އެކިއެކި ޙަރަކާތްތެރިވެ އުޅުމުގު ފުރުޞަތު ފަހިކޮށްދެއްވުމުގެ ގޮތުން ފާހަގަކުރި ހަވީރެކެވެ. މި ހަވީރުގައި ގިނަ ޙަރަކާތަތަކެއް ހިންގާފައިވެއެވެ. އޭގެތެރޭގައި ފޭސް ޕެއިންޓިންއާއި ހީނާގެ ކުރެހުންތަކާއި ކުލަޖެއްސުމާއި ސްނޭކް އެންޑް ލެޑަރ ފަދަ ޙަރަކާތްތައް ހިމެނުނެވެ. މި ހަވީރުގައި ބޮޑުބެރުޖެހުމުގެ ހަރަކާތެއްވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.

މި ޙަރަކާތުގައި ބައިވެރިވި ނުކުޅެދުންތެރިކަން ހުންނަ ތިބީ މިފަދަ ފުރުޞަތެއް ތަނަވަސްކޮށްދިނީތީ އެކަމާ އުފަލުންނެވެ. މިއީ އެމް.އޭ.ޕީ.ޑީގެ ފަރާތުން މިދުވަސް ފާހަގަކުރުމަށް ޙަރަކާތްތައް ކުރިއަށްގެންދާ 3 ވަނަ އަހަރުއެވެ.