ޚަބަރު

ހޯރަފުށީގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފި


މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހއ.ހޯރަފުށީގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފިއެވެ.

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނުގައި ހޯރަފުށީގައި މަސައްކަތްކުރާ ފުލުހުން ވަނީ ވެހިކަލް ޗެކް ޕޮއިންޓް ޤާއިމްކޮށް އުޅަނދުތައް ބަލައިފާސްކޮށް އަހަރީ ފީއާއި ރޯޑްވާދިނަސް އާއި އިންސްއަރެންސް މުއްދަތު ހަމަވެފައިވޭތޯ ބަލާފައިވާކަމަށެވެ. އެގޮތުން މި އޮޕަރޭޝަނުގައި 20 އުޅަނދެއް ބަލައިފާސްކޮށްފައިވާއިރު ޤަވާއިދާ ޚިލާފުވި 4 ފަރާތަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި އޮޕަރޭޝަން ކުރިއަށްދިޔައިރު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މާލެއާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންދަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުންނާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސިލްސިލާކޮށް އޮޕަރޭޝަންތައް ހިންގަމުންނެވެ.