ޚަބަރު

"2017ގެ ތަމްރީންތައް އަމާޒު ކުރެވިފައިވަނީ ރިޔާސީ އިންތިޚާބަށް"


ފުލުހުންނަށް ބޭނުންވާ އަސާސީ ތަމްރީނުތަކާއި، ފުލުހެއްގެ ޙައިޞިއްޔަތުން ޑިއުޓީ އަދާކުރާއިރު، ޤާނޫނުތަކުން އެނގެންޖެހޭކަމަށް ލާޒިމްކުރާ އޮޕަރޭޝަނަލް އަދި ޓެކްނިކަލް ޓްރެއިނިންގތަކެއް ހިންގަވަން ފުލުހުންގެ މުއައްސަސާގެ ތެރެއިން ކަނޑައަޅުއްވާފައިވާފައި ވަނީ ޕޮލިސް އެކަޑަމީއަށެވެ. މިގޮތުން އަލަށް ފުލުހުންގެ ޚިދުމަތާއި ގުޅިވަޑައިގަންނަވާ އޮފިސަރުންނަށް ހިންގަވާ ބޭސިކް ޓްރެއިނިންގ އާއި، ފުލުހުންގެ ތެރޭގައި ޚިދުމަތްކުރައްވާ ފަރާތްތަކަށް ހިންގާ ޕްލިސިންގ އަދި އޮޕަރޭޝަނަލް ޓްރެއިނިންގތައް ޕޮލިސް އެކަޑަމީން ގެންދަވަނީ އެއިރެއްގެ ހާލަތަކަށް ބައްޓަންކުރައްވައިގެން ހިންގަވަމުންނެވެ. 

މިހާރުވެސް ތިން ހާހެއްހާ ފުލުހުން ޚިދުމަތުގައި ތިބި އިރު، ފުލުހުންނަށް ޓްރެއިނިންތައް ދެއްވަމުން ގެންދަވަނީ ކޮންމެ އަހަރަކުވެސް ވަކި ދާއިރާތަކާއި، ޚާއްސަކުރެވޭ ބައެއް ޓެރެއިނިންގތައް ހިމަނުއްވައިގެން ޕޮލިސް އެކަޑަމީން އެކުލަވާލައްވާ ކަލަންޑަރުގައި ހިމެނޭ ތަމްރީނުތަށް ފުލުހުންގެ އެގްޒެކެޓިވް ބޯޑުން ފާސްކުރެއްވުމުންނެވެ. 

ޕޮލިސް އެކަޑަމީގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝަމީމް ވިދާޅުވީ، ކޮންމެ އަހަރަކުވެސް ވިއްސާ ތިރީހާ ދެމުދުގެ އަދަދެއްގެ ތަމްރީނުތައް ހިންގަވާ އިރު، އަންނަ 2017 ވަނަ އަހަރު ހިނގަވާ ޓްރެއިނިންގތައް އަމާޒުކުރައްވާފައިވަނީ ރިޔާސީ އިންތިޚާބަށްކަމަށެވެ.

" އަންނަ އަހަރު ޕޮލިސް އެކަޑަމީން ހިންގުމަށް ހަމަޖެހިފައިވާ 26 ޓެރެއިނިންގ އަކީވެސް އޮޕަރޭޝަނަލީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޤާބިލުކަން އިތުރުކުރުކުރުމާއި ފްރަންޓް ލައިންގެ ޤާބިލުކަން އިތުރުކުރުމަށް ހިންގާ ޓްރެއިނިންގްތަކެއް. މިހުރިހާ ޓްރެއިނިންގތަކެއްވެސް އަމާޒުކުރެވިގެން ހިންގޭނީ 2018 ވަނަ އަހަރު ކުރިމަތިވެދާނެ ކަންތައްތަކަށް، ބަލައިގެން" ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝަމީމް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14588290059832.JPG|ފުލުހުން ތަމްރީންތަކެއްގައި / ފައިލް ފޮޓޯ: ޕޮލިސް

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝަމީމް ވިދާޅުވީ، ފުލުހުންގެ މުޢައްސަސާއަށް ލިބިފައިވާ ވަސީލަތްތައް ބޭނުންކުރައްވައިގެން ފުލުހުންނަށް ހިންގޭ ކޮންމެ ތަމްރީނަކީވެސް ޕްރޮފެޝަނަލް އަދި ޒަމާނީ ފެންވަރުގައި ރާއްޖޭގެ މާހައުލަށް ފެތޭ ތަމްރީނުތައްކަމަށާއި، މިކަމަށް ބޭނުންވާ އިތުރު އެހީތަށް އަވަށްޓެރި ގައުމުތަކުގެ ޕޮލިސް އިންސްޓްޓިއުޓްތަކާއި ގުޅިގެންވެސް ހޯއްދަވަމުން ގެންދަވާކަމަށެވެ. އަދި ޕޮލިސް އެކަޑަމީން ތަމްރީނުކުރައްވާ ކޮންމެ ފުލުހަކީވެސް ޤާބިލު ޒަމާނަށް ލޯ ހުޅުވިފައިވާ ޒިންމާދާރު ފުލުހެއްކަމުގެ ޔަޤީންކަން ދެއްވާކަމުގައި ޝަމީމް ވިދާޅުވިއެވެ.

"ބައެއް ވަސީލަތްތައް ނެތްނަމަވެސް އެކަމަށް މަޑުކޮށްގެން އަޅުގަނޑުމެން ނުތިބެން. ކޮންމެ އަހަރަކު ލިބޭ ބަޖެޓާއި، ލިބެންހުރި ވަސީލަތްތަކާއެލު އަޅުގަނޑުމެން ބަލަނީ، އެންމެ ޤާބިލު ޒަމާނާ ގުޅޭގޮތުން ތަމްރީނު ވެފަތިބި ފުލުހުން ނެރެވޭނެ. އެޔަގީކަން އަޅުގަނޑުދެން ރައްޔިތުންނަށް". ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝަމީމް ވިދާޅުވިއެވެ. 

ފުލުހުންނަށް އެކި އެކި ތަމްރީނުތައްދޭ މައިޤަނޑު ޓްރެއިނިން ސެންޓަރަކަށް މިހާރު ހުރީ ދ. ވާނީގައި ހުރި ޓްރެއިނިންގ ސެންޓަރު ނަމަވެސް ފެންވަރު ރަނގަޅު އިތުރު ވަސީލަތްތަކެއް ޤާއިމުކުރެއްވުމަށްޓަކައި މަސައްކަތްތަކެއް ސަރުކާރާއި، ފުލުހުންގެ އިސް މެނޭޖްމަންޓުން ކުރައްވަމުން ގެންދަވާކަމަށް ޕޮލިސް އެކަޑަމީގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝަމީމް ވިދާޅުވިއެވެ.

2016 ވަނަ އަހަރުގެ ޓްރެއިނިންގތައް ފްރޮންޓް ލައިނުގައި މަސައްކަތް ކުރައްވާ ފުލުހުންގެ ގާބިލުކަން އިތުރުކުރެއްވުމަށް ފަރުމާކުރެވި ގިނަ ޓްރެއިނިންގތައް ނިމިފައިވާއިރު ތަފާތު ދާއިރާތަކުން މިއަހަރުވެސް ހަ ސަތޭކަ ފުލުހުން ތަމްރީން ކުރެވިފައިވާކަމަށް ޕޮލިސް އެކަޑަމީން މަޢުލޫމާތުދެއްވައެވެ.