ޚަބަރު

"އިސް ރަށްވެހިންނަށްދޭ އިނާޔަތުގެ ބޭނުން އެހެންބަޔަކު ކުރޭ"


ޢުމުރުންދުވަސްވީ މީހުންނަށް ސަރުކާރުން ދެއްވާ މާލީ ޢިނާޔާތްތައް، ނަހަމަ ގޮތުގައިބޭނުންކުރުމާއި، އަދި ޢުމުރުން ދުވަސްވީ މީހުންނަށް އޮޅުވާލައިގެން އެފައިސާ ހޯދުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާތީ ޖެންޑަރ މިނިސްޓަރ އެކަމާކަންބޮޑުވާކަން ފާޅުކުރައްވައިފިއެވެ.

ޢުމުރުން ދުވަސްވީ މީހުންނަށް އުފާވެރިދިރިއުޅުމެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުގައިވާފަދައިން އެފަދަ މީހުންނަށް ދަތިކަމެއް ނެތި ފަސޭހަކަމާއެކު ދިރިއުޅުމުގެ މަގުފަހިކޮށްދެއްވުމަށް ކުރައްވާ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ"ރަންވޭލާ" ގެ ނަމުގައި އެ މިނިސްޓްރީން ފަށްޓަވާފައިވާ ޤައުމީފެންވަރުގެ ކެމްޕެއިނެވެ. އޯގަސްޓް މަހުގެ 14 ވަނަ ދުވަހު ފެއްޓެވި މިކެމްޕެއިންގެ މައިގަނޑު މަޤްޞަދަކީ، މުޖުތަމަޢާއި ޢާއިލާގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންގެބައިވެރިވުން އިތުރުކުރުމާއެކު، އެފަދަ މީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަންލިބޭނޭ ގޮތްތައް މަގުފަހިކޮށްދެއްވުމާއި، އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީދުޅަހެޔޮކަން އިތުރުކުރައްވަން މަސައްކަތް ކުރެއްވުންކަމަށް މިނިސްޓަރ އޮފްޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14806884445929.jpg|ޖެންޑަރ މިނިސްޓަރ ޒެނީޝާ އުމުރުން ދުވަސްވީ ފަރާތްތަކަކާއި ބައްދަލުކުރައްވަނީ - ފޮޓޯ: ޖެންޑަރ މިނިސްޓްރީ

މިކެމްޕޭންގެ ދަށުން ބ.އަތޮޅުގެ ހުރިހައި ރަށެއްގައި ހެލްތު ސްކްރީނިންގް ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުވުމުގެ ތަފާތު އެކި ޕްރޮގްރާމްތައް ހިންގަވާފައިވެއެވެ. އަދި މިދިޔަހަފްތާ ބަންދުގައި މި ކެމްޕޭންގެ ދަށުން ޖެންޑަރ މިނިސްޓަރ ވަނީ ލ.އަތޮޅަށް ވަޑައިގެން އެރަށުގެ ޢުމުރުން ދުވަސްވީމީހުންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ ޝަކުވާތައް އަޑު އައްސަވައި، އަދި ޢުމުރުން ދުވަސްވީމީހުންނަށް ސީދާގޮތުންނާއި ނުސީދާ ގޮތުން ޚިދްމަތްދޭ އެކި މުއައްސަސާތަކާ ބައްދަލުކުރައްވައި، އެ މުއައްސަސާތަކުން ދެއްވަމުން ގެންދަވާ ޚިދްމަތްތައް ހަރުދަނާކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރަންވޭލާ ކެމްޕޭންގެތަޖުރިބާ ޕީ.އެސް.އެމާ ޙިއްޞާކުރައްވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ޢުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދެއްވަމުންގެންދަވާ 5000 ރުފިޔާގެ ޢިނާޔަތް ނަހަމަގޮތުގައި ބައެއް މީހުން ބޭނުންކުރާމައްސަލައާ މެދު ކަންބޮޑުވެވަޑައިގަންނަވާކަމަށާއި، މިކަން ޙައްލުކުރެއްވުމަށާއި، އަދި ޢުމުރުން ދުވަސްވީ މީހުންނާއި ޢާއިލާތައް މިކަމަށް ހޭލުންތެރި ކުރެއްވުމަށް ރަންވޭލާ ކެމްޕޭންގެ ދަށުން މަސައްކަތްކުރައްވަމުން ގެންދަވާނޭކަމަށެވެ.

img:http://s3.psmnews.mv/images/660x400/14753344788449.jpg|ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ތުޅާދޫގެ އިސް ރަށްވެހިންނާއި ބައްދަލުކުރައްވަނި- ފޮޓޯ: ޖެންޑަރ މިނިސްޓްރީ

މިނިސްޓަރ ވިދާޅުވީ، ޢުމުރުން ދުވަސްވީ މީހުންގެ ފަރާތުން ރަންވޭލާގެ ދަތުރުތަކުގައި އެންމެ ގިނައިން ހުށަހެޅުނު ޝަކުވާއަކީ، ޢާއިލާއާއި މުޖުތަމަޢުގެކަންކަމުގައި އެމީހުން ބައިވެރިނުކުރުވުމުގެ ޝަކުވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޢާއިލާގެ ތެރޭގައި ކަންކަން ނިންމުމުގައިވެސް، ރަށާއި އަތޮޅު ފެންވަރުގައި ކުރާމަސައްކަތްތަކުގައި އެމީހުންގެ ބައިވެރިވުމާއި ހިއްސާ އޮތުމަކީ މިހުންމު ކަމެއްގެގޮތުގައި ދެކި ވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ޢުމުރުން ދުވަސްވީ މީހުން، ކަންކަމުގައި ޝާމިލްކުރެވޭނޭއިންތިޒާމްތަކެއް ހަމަޖެއްސުމަށް މަސައްކަތްތަކެއް އެމިނިސްޓްރީން ކުރައްވަމުން ގެންދަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14765328206067.jpg|ޖެންޑަރ މިނިސްޓަރ ޒެނީޝާ އުމުރުން ދުވަސްވީ ފަރާތްތަކަކާއި ބައްދަލުކުރައްވަނީ / ފޮޓޯ: ޖެންޑަރ މިނިސްޓްރީ

ރަންވޭލާ ކެމްޕޭންގެ މައިގަނޑުއަމާޒަކީވެސް، މުޖުތަމަޢާއި ޢާއިލާގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންގެބައިވެރިވުން އިތުރުކުރެއްވުމާއެކު، އެފަދަ މީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަންލިބޭނޭ މަގުފަހިކޮށްދެއްވުމާއި، އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަންއިތުރުކުރައްވަން މަސައްކަތް ކުރެއްވުންކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީޒެނީޝާ ޝަހީދު ޒަކީ ވިދާޅުވިއެވެ.

މިކެމްޕޭންގެ ދަށުން، މުޖުތަމަޢުގެ އެކިފަރާތްތަކަށް ޢަމާޒުކުރައްވައިގެން ހޭލުންތެރިކުރުމުގެ ސެޝަންތަކާއި، ތަމްރީންޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައި ކުރިޔަށް ގެންދެވުމަށް ހަމަޖެހިފައިވާއިރު، މިމަހުގެ ތެރޭގައި އައްޑޫ ސިޓީގައި ކެމްޕޭންގެ ޙަރަކާތްތަކެއްހިންގެވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.