ޚަބަރު

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި


1438 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގެ ބޮޑު ކޯއްޓޭއަށް ދިދަ ނެގުމުގެ ރަސްމިއްޔާތު އެމްއެންޑީއެފުން ބާއްވަވައިފިއެވެ.

ދިފަ ނެގުމުގެ ރަސްމިއްޔާތު އޮތީ ރޭ ބާރަޖެހިއިރު ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތުގައި ބޮޑު ކޯއްޓޭއަށް ދިދަ ނަގައިދީފައިވަނީ އެމްއެންޑީއެފްގެ ދިދަ ބިސީގެ ސިފައިންނެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ގއ. ވިލިނގިލީގައެވެ.