ޚަބަރު

"ހަބޭސް 3" މިއުޒިކް ޝޯވ ބާއްވައިފި


ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީ ފާހަގަކުރެއްވުމަށާއި ޒުވާނުންގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން، "ހަބޭސް 3" ގެ ނަމުގައި ޚާއްޞަ މިއުޒިކް ޝޯވްއެއް ރޭ ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ނޭޝަނަލް ސެންޓަރ ފޮރ އާރޓްސްއިން އިންތިޒާމް ކުރައްވައިގެން ރޭ ކުރިޔަށް ގެންދެވި، މި މިއުޒިކް ޝޯވް ބައްލަވާލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ދައުލަތުގެ ޢިއްޒަތްތެރި ވެރިންނާއި، ދައުލަތުގެ ވުޒާރާތަކާއި، އެކި މުއައްސަސާތަކުގެ އިސްވެރިން ވަޑައިގެންނެވިއެވެ.

img:http://s2.psmnews.mv/images/660x400/14804833448927.jpg|ރައީސުލްޖުމްހޫރިއްޔާ އާއި ދަޢުލަތުގެ އިސްވެރިން ހަބޭސް 3 މިއުޒިކް ޝޯވ ބައްލަވާލައްވަނީ

ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕްތަކާއި މަޝްހޫރު ފަންނާނުން ލަވަ ހުށައަޅާދިން މިޝޯވްގައި މޯލްޑިވިއަން އައިޑޮލް އިން މަޝްހޫރުކަން ހޯދި ބައެއް ފަރާތްތަކުގެ ފޯރި ގަދަ ލަވަތަކެއް ހުށައަޅާދީފައިވެއެވެ. މީގެ އިތުރުންވެސް، މަޝްހޫރު ބޮޑުބެރު ގުރޫޕް ހަރުބީ، ހަބޭސް އަދި ފަތްމިނި ގްރޫޕުންވެސް ވަނީ ފޯރިގަދަ ޙަރަކާތްތަކެއް ހުށައަޅާ ދީފައެވެ.

ޢާއްމުކޮށް ހުޅުވާލައިގެން ބޭއްވެވި މިޝޯ ބަލާލުމަށް ގިނަ ޢަދަދެއްގެ ޒުވާނުންނާއި ޢާއްމުން ގޮސްފައިވެއެވެ.