ޚަބަރު

އެމްޑީޕީގެ ދަފްތަރުން މޫސާމަނިކާއި އަލްހާންގެ ނަން އުނިކޮށްފި


އެމްޑީޕީގެ ދަފްތަރުން ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާމަނިކާއި އަލްހާން ފަހުމީގެ ނަން އިލެކްޝަންސް ކޮމިޝަނުން އުނިކުރައްވައިފިއެވެ. img:http://s2.psmnews.mv/images/660x400/14778478146167.jpg|އަލްހާން ފަހުމީ - ފައިލް ފޮޓޯ: ޕީއެސްއެމް

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މޫސާ މަނިކާއި އަލްހާންގެ ނަން އެމްޑީޕީގެ ދަފްތަރުން އުނިކުރެއްވީ އެ ދެބޭފުޅުން އުނިކުރަން އެމްޑީޕީން ހުށައެޅި ހުރިހާ ލިޔެކިޔުންތަކާއި ބައްލަވަންޖެހޭ ހުރިހާ ކަމެއް ބެއްލެވުމަށްފަހުގައި ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ނާއިބް ރައީސްކަންވެސް ކުރައްވާ މޫސާ މަނިކު އެމްޑީޕީން ވަކިކުރީ ސުޕްރީމް ކޯޓްގެ ފަނޑީޔާރުން ވަކިކުރަން ރައްޔިތުން މަޖިލީހުގައި ނެގި ވޯޓްގައި އެޕާޓީގެ ތްރީލައިން ވިޕާ ޚިލާފަށް ވޯޓް ދެއްވުމުންނެވެ. އަލްހާން އެމްޑީޕީން ވަކިކޮށްފައިވަނީ ޕާޓީގެ މަސްލަޙަތު ގެއްލޭގޮތަށް ޢަމަލުކުރާ ކަމަށް ބުނެ އެޕާޓީގެ ޤައުމީ މަޖީލީހުގެ މެމްބަރުންތަކެއް ހުށައެޅުމުންނެވެ.