ސިއްހަތު

އަންނައަހަރުގެ ބަޖެޓުންވެސް އައިޖީއެމްއެޗްއަށް ބޮޑު ހޭދައެއް !


އައިޖީއެމް، ހޮސްޕިޓަލްގެ އާ ޢިމާރާތަށް ބޭނުންވާ ހުރިހާ ބޮޑެތި މެޑިކަލް އާލާތްތައް ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، އައިޖީއެމްހޮސްޕިޓަލްގައި އަލަށް ޤާއިމްކުރެއްވި ޚިދުމަތްތައް އިފްތިތާޙް ކޮށްދެއްވުމަށް މިރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

އައިޖީއެމް ހޮސްޕިޓަލްގައި އަލަށް ޤާއިމްކުރެއްވި ޚިދުމަތްތައް އިފްތިތާޙް ކޮށްދެއްވުމަށްފަހުވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްވިދާޅުވީ، އެ ހޮސްޕިޓަލަކީ މި ސަރަހައްދުގެ ޤައުމުތަކުންވެސް ފާހަގަކޮށްލެވޭފަދަ ފެންވަރު ރަނގަޅު ޚިދުމަތްދޭ ހޮސްޕިޓަލަކަށް ހެއްދެވުމަކީ އެމަނިކުފާނުގެއުންމީދެއް ކަމުގައެވެ. އަދި އެ ހޮސްޕިޓަލާ މެދު ސަރުކާރުން ކުރައްވާ އުއްމީދުތައް ބޮޑުކަމަށާ، އެހޮސްޕިޓަލަށް ކުރާ ކޮންމެ ޚަރަދަކީ އޭގެ ނަތީޖާލިބޭނެ ޚަރަދުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ތަރައްޤީކުރައްވަމުން އަންނަ ދާއިރާއަކީ ސިއްޙީ ދާއިރާކަމަށާއި، އަންނަ އަހަރުގެބަޖެޓުގައި ސިއްޙީ ދާއިރާއަށް ތިނެއް ޕޮއިންޓް ތިނެއް ބިލިޔަން ރުފިޔާކަނޑައަޅުއްވާފައިވާކަމަށެވެ. 

މީގެތެރެއިން ދެ ބިލިޔަން ރުފިޔާގެ ބަޖެޓެއް އައިޖީއެމްއެޗަށްހަމަޖައްސަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އައުޢިމާރާތަށް ބޭނުންވާ ހުރިހާ ބޮޑެތި މެޑިކަލް އާލާތްތައް ހޯދުމަށް އަންނަ އަހަރުގެބަޖެޓުގައި ހިމަނުއްވާފައިވާކަމަށާއި ހޮސްޕިޓަލްގެ އާ ޢިމާރާތް ނިމޭއިރު އެތަނުގައި ޑައިގްނޯސްޓިކް ސެންޓަރުގެ އިތުރުން ޒާމާނީ ހުރިހާ ލެބޯޓަރީއަކާއިހުރިހާ ވަޞީލަތެއް ލިބެން ހުންނާނެކަމަށެވެ. އެގޮތުން ޕަލްމޮނަރީ ރެސްޕިރޭޓަރީޑިޕާޓްމަންޓެއް ހުރިހާ ވަސީލަތްތަކާއިއެކު ޤާއިމްކުރައްވާނެކަމަށް ރައީސް ޔާމީންވިދާޅުވިއެވެ. 

"ޝައްކެއްވެސް ނެތް. އައުޓް ސްޓޭންޑިންގ ސާރޖަނުން އެބަތިބި. ވަރަށް މޮޅު ޑޮކްޓަރުން އެބަތިބި.ސްޕަރޝަލިސްޓުން އެބަތިބި. އެހެންނަމަވެސް އަޅުގަނޑުމެން ބޭނުންވާ ބާރުމިނުގައިހުރިހާ ސްޕެޝަލިސްޓް ޑިޕާޓްމަންޓްތައް އައުމަކީ އެއީ ފަސޭހަކަމަކަށް ނުވާނެ. އެހެންވީމަ އަޅުގަނޑުމެން ސަރުކާރުން ގަސްދުކުރީ އެކިއެކި ބޭރުގެ ހޮސްޕިޓަލްތަކާ އަޅުގަނޑުމެން ކޮންމެސް ކަހަލަ ޕާރޓްނަރޝިޕެއް ހަދައިގެން މިދާއިރާއަށް އައިޖީއެމްއެޗްގައި ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަން. އެހެންނޫންނަމަ އަޅުގަނޑު ހިތަށްއަރަނީ ޑރ.އަލީ ޝަފީޤްވެސް ޤަބޫލެއް ނުކުރައްވާނެ މިތަނުގައި ކާޑިއެކް ސެންޓަރެއް މިއިން ޒަމާނަކުވެސް އުފެއްދިދާނެކަމަކަށް. އެކަމަކު މިއަދު އެންމެ އެކޮމްޕްލިޝްޑް އެއް ބޭފުޅަކަށް އެބަވޭ ޑރ. އަލީ ޝަފީޤް. ކާޑިއެކް ލެބެއްމިތާ ހެދުމާ އެކީގައި ހަމަ އެގޮތަށް އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެތެރޭގައި ޕަލްމޯނަން ރެސްޕަރޭޓަރ އެއް ހަމަ ފުލް ކިޓާއެކީގައި ޑިޕާޓްމަންޓެއް މިތާއެސްޓަބްލިޝް މިކުރަނީ. ރާއްޖޭގެ ގިނަބައެއް ބޭރަށްދާން އެންމެ ފްރީކްއެންޓްކޮށްމިއުފެދޭ ބަލިތައް ނޫނީ ސިއްޙީ ފަރުވާއަށް ބޭނުންވާ ދާއިރާތަކަށް އަމާޒުކޮށްގެންއަޅުގަނޑުމެން މަސައްކަތް ތަކެއް މި ކުރަނީ." ރައީސް ޔާމީން ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އައިޖީއެމްއެޗް ތަރައްޤީކޮށް ނިމޭއިރު، އެހޮސްޕިޓަލަކީ މިސަރަޙައްދުގެ އެންމެ މަތީފެންވަރުގެ ހޮސްޕިޓަލަށް ހެއްދެވުމަކީ އެމަނިކުފާނުގެ ތަޞައްވުރުކަމަށް ވިދާޅުވިއެވެ. އަދި ޞިއްހީ ދާއިރާއަށް ސަރުކާރުން ކުރާއިންވެސްޓްމަންޓްތަކަކީ ދުޅަހެޔޮ މުސްތަޤްބަލަކަށް މުހިއްމު އިންވެސްޓްމަންޓްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.