ޚަބަރު

ރަންވޭލާ - ލ އަތޮޅުގައި ތަމްރީންތަކެއް ހިންގަވައިފި


އުމުރުން ދުވަސްވީ މީހުންނަށް ޢަމާޒުކުރައްވައިގެން "ރަންވޭލާ"ގެ ނަމުގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ކުރިޔަށް ގެންދަވާ ޚާއްޞަ ކެމްޕެއިންގެ ދަށުން ލ.އަތޮޅުގައި ޚާއްޞަ ތަމްރީންތަކެއް ހިންގަވައިފިއެވެ.

މި ކެމްޕޭންގެ ދަށުން ލ.އަތޮޅުގެ ޞިއްޙީ މަސައްކަތްތެރިންނާއި އިޖްތިމާއީ އެހީތެރިންނަށް ވަނީ ތަމްރީން ހިންގަވާފައެވެ. އަދި ރަންވޭލާ ކެމްޕޭންގެ ދަށުން އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަކޮށްގެން ހެލްތް ސްކްރީނިންގ ޕްރޮގްރާމެއްވެސް ކުރިޔަށްގެންދިޔަ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

"ރަންވޭލާ" ގެ ނަމުގައި މިދިޔައޯގަސްޓްމަހު، ޖެންޑަރ މިނިސްޓްރީން ފެއްޓެވި މިކެމްޕޭނަކީ، މުޖުތަމަޢާއި ޢާއިލާގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެބައިވެރިވުން އިތުރުކުރުމާއިއެކު، އެފަދަ މީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަންލިބޭނޭ ގޮތްތައް މަގުފަހި ކޮށްދިނުމާއި، އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީދުޅަހެޔޮކަން އިތުރު ކުރަން މަސައްކަތް ކުރެއްވުމުގެ މަޤްޞަދުގައި ފެއްޓެވި ކެމްޕޭނެކެވެ.

"ރަންވޭލާ" ކެމްޕެއިންގެ ދަށުން، އުމުރުން ދުވަސްވީ މީހުންގެބައިވެރިވުމާއި، އަޅާލުމާއި، ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި، މި 3 ދާއިރާއަށްޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، މުޖުތަމަޢުގެ އެކި ފަރާތްތަކަށް ޢަމާޒުކުރައްވައިގެން ހޭލުންތެރި ކުރުމުގެ ސެޝަންތަކާއި، ތަމްރީން ޕްރޮގްރާމްތައްމާލެއާއި އަތޮޅުތެރޭގައި ކުރިޔަށްގެންދެވުމަށް ހަމަޖެހިފައިވާކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.