ޚަބަރު

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް އަމަލުކުރުން ފަސްކުރުމުގެ ބިލް


ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް އަމަލުކުރުން ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިޞްލާޙް ރައީސް ޔާމީން ތަސްދީޤު ކުރެއްވުމާއި ގުޅިގެން އެ ޤާނޫނަށް ދެން އަމަލުކުރާނީ އަންނަ އަހަރުގެ ޖުލައި މަހުގެ 17ވަނަ ދުވަހުއެވެ. މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި ކުރިން ބުނެފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު އެ ޤާނޫނަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.

ޖިނާއީ އިޖުރާޢަތުގެ ޤާނޫނަކީ، ޖިނާޢީ ކުށް ތަޙްޤީޤުކުރުމާއި ޖިނާޢީ ކުށުގެ ދަޢުވާ އުފުލުމާއި އެފަދަ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލުތައް ބަޔާންކުރާ ބިލެވެ.