ޚަބަރު

ގެވެށި އަނިޔާއާ ދެކޮޅަށް ޚާއްސަ ކެމްޕެއިނެއް ފަށައިފި


އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރެއްގައި ކުރިޔަށްގެންދާ 16 ދުވަހުގެ ޙަރަކާތުގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ޚާއްޞަ ޙަރަކާތްތަކެއް ފަށްޓަވައިފިއެވެ.

އެގޮތުން އިއްޔެއިން ފެށިގެން ޖެންޑަރ މިނިސްޓްރީން ވަނީ، ޔޫ.އެން ވިމެންއާއި ގުޅިގެން "ދޮރުން ދޮރަށް ކެމްޕޭނެއް" ފަށްޓަވާފައެވެ. މިކެމްޕޭންގެ ހަރަކާތްތަކެއް އިއްޔެ ޅ.އަތޮޅުގެ ރަށްތަކުގައި ކުރިޔަށް ގެންގޮސްފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ގެވެށި އަނިޔާއާއި ކުޑަކުދިންނަށް ކުރާ އަނިޔާއާއި މެދު މުޖުތަމަޢު ހޭލުންތެރިކޮށް، މިފަދަ އަމަލުތަކާއި މެދު ޢާއްމުންގެ ވިސްނުން ހުރި ގޮތް މި ކެމްޕޭންގެ ދަށުން ދެނެގަނެވޭނެކަމަށް ވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މުޖުތަމަ ހޭލުންތެރިކޮށް، އެމީހުންނަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެންމެންގެވެސް ޒިންމާއެއް ކަމަށެވެ.