ޚަބަރު

މޯލްޑިވިއަނުން ޚާއްޞަ ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވަނީ


ސަރުކާރަށް 3 އަހަރު ފުރުމާއި ގުޅިގެން ކުޑަކުދިންގެ ޚާއްސަ ހަވީރެއް، މިއަދު ބޭއްވުމަށް މޯލްޑިވިއަނުން ނިންމައިފިއެވެ.

މިއަދު ހަވީރު 16:00 ގައި އިސްކަންދަރު މައިޒާނުގައި ބާއްވާ މި ހަވީރުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ހަވީރުގައި ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ކުޅިވަރުތަކުގައި ބައިވެރިވާ ހުރިހާ ކުދިންނަށްވެސް އިނާމު ދިނުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މީގެ އިތުރުން އެތަނުން ލިބެން ހުންނަ ފްރޭމްގައި ފޮޓޯ ނަގާ، ސޯޝަލް މީޑިއާގައި އާންމުކުރުމުން، އެންމެ ގިނަ ލައިކްސް ލިބޭ ފަރާތަކަށް ބެންކޮކް ދެކޮޅު ޓިކެޓް، ދެ ފަރާތަކަށް ދެވޭގޮތަށް ލިބޭނެކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.