ޚަބަރު

މިއަހަރު ޒުވާނުންގެ އެވޯޑު 10 ފަރާތަކަށް ސަރުކާރުން ދެއްވައިފި


މިއަހަރު ޒުވާނުންގެ އެވޯޑު 10 ފަރާތަކަށް ސަރުކާރުން ދެއްވައިފިއެވެ.

އެފަރާތްތަކަށް އެވޯޑު ޙަވާލުކޮށްދެއްވީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްއެވެ. 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ސަރުކާރުން ގެންދަވަނީ ޒުވާނުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރައްވަމުންނެވެ. ޒުވާނުންކުރާ މަސައްކަތް ފާހަގަކޮށް، އެކަމުގެ އަގުވަޒަންކުރައްވާ ހިތްވަރު ދެއްވުމުގެ ގޮތުން ސަރުކާރުން ދެއްވާ، ޒުވާނުންގެ އެވޯޑު މިއަހަރު 11 ދާއިރާއަކުން 10 ބޭފުޅަކަށް ދެއްވާފައިވެއެވެ. img:http://s3.psmnews.mv/images/660x400/14799216662915.jpg|މިއަހަރު ޒުވާނުންގެ އެވޯޑު އާރޓް އެންޑް ކަލްޗަރ ދާއިރާއިން ހަނާން މުޙައްމަދު އަށް ދެއްވުން - ފޮޓޯ: ޕީއެސްއެމް / މުޙައްމަދު ވަޙީދު

މިއަހަރުގެ ޒުވާނުންގެ އެވޯޑު ދީފައިވާ ބައެއް ދާއިރާތަކުގެ ތެރޭގައި، ކުޅިވަރަށް ޚިދުމަތްކުރުމާއި، ވިޔަފާރިއާއި އިޤްތިޞާދު، އާރޓްސް އެންޑް ކަލްޗަރ، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމާއި، ދުޅަހޮޔޮ އާއިލާއެއް ބިނާކުރުމަށް މަސައްކަތްކުރުން ފަދަ ދާއިރާތައް ހިމެނެއެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ އެވޯޑަށް ތިމާވެއްޓަށް ޚިދުމަތްކުރުމުގެ ދާއިރާ ވަނީ އިތުރު ކުރައްވާފައެވެ. ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، މިއަހަރު ޒުވާނުންގެ އެވޯޑު ޙާސިލްކުރި ބޭފުޅުންނަކީ،

- ދަރުމަވެރިކަމުގެ ނުވަތަ ވޮލަންޓިއަރިޒަމްގެ ދާއިރާއިން މ.ވޭވިންގލައިޓް ޢާއިޝަތު ރަފިއްޔާ،

- ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާއިން ރ.ރަސްމާދޫ ނަރުގިސްވިލާ ތާހާ ޙުސައިން،

- އާރޓް އެންޑް ކަލްޗަރ ދާއިރާއިން ސި.ހިތަދޫ ނިއަމި ހަނާން މުޙައްމަދު،

- ވިޔަފާރިއާއި އިޤްތިސާދުގެ ދާއިރާއިން އދ.މާމިގިލީ މަރިޔާދު މުޙައްމަދު ޝަރީފް،

- ކުށްމަދުކުރުމުގެ ދާއިރާއިން ގދ.ތިނަދޫ ގަޒީރާ އަލްއުސްތާޛް މުއައްވިޒު ރަޝީދު،

- ވޮކޭޝަނަލް ޓްރެއިނިންގ ދަސްކޮށްދިނުމުގެ ދާއިރާއިން ހއ.ހޯރަފުށީ އާރޯ މުޙައްމަދު ޔާމީން،

- މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާއިން ހ.ފޯސީޒަން އަހުމަދު ވަނޫދު،

- ކުޅިވަރަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ގ.ފިނިވިލު އިސްމާއީލް ފަރުހާން،