ދީން

މާދަމާ މުދަލު ޒަކާތް ބައްސަވަން ފަށްޓަވަނީ


މިއަހަރުގެ މުދަލު ޒަކާތް، މާދަމާ ބައްސަވަން ފަށްޓަވާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. 

އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި މުދަލު ޒަކާތް ބެއްސެވުން އޮންނާނީ މާދަމާ ހެނދުނު ނުވަގަޑި ތިރީހުން މެންދުރުފަހު ދެގަޑި ތިރީހަށް އިސްލާމީ މަރުކަޒުގައެވެ. މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި، ސާޅީސް އެއް މިލިއަން ދުއިސައްތަ އަށާވީސް ހާސް ނުވަސަތޭކަ ސާޅީސް ނުވަ ރުފިޔާ ލިބިފައިވެއެވެ.

މިއަހަރު ކޮންމެ ފަޤީރެއްގެ ބޮލަށް 900 ރުފިޔާ ބެއްސެވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.

މިނިސްޓްރީން ވިދާޅުވީ، މާލެ ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރަށްޔިތުންނަށް މާދަމާއިން ފެށިގެން މިމަހުގެ 21، 22، 23 މިތިން ދުވަހު މުދަލު ޒަކާތް ބެއްސެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިދިޔަ އަހަރު ފަންސާސް އެއް ހާސް ނުވަސަތޭކަ ނުވަދިހަ ފަޤީރުން ލިސްޓްކުރެވިފައި އޮތްނަމަވެސް މި އަހަރު ފަޤީރުންގެ ގޮތުގައި ލިސްޓްކުރެވިފައި އޮތީބާރަ ހާސް ތިންސަތޭކަ ތިރީސް ފަސްމީހުން ކަމަށެވެ.

މިދިޔަ އަހަރު ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ބޮލަކަށް 400 ރުފިޔާ އިސްލާމިކް މިނިސްޓްރީން ބައްސަވާފައިވެއެވެ. ރަށްރަށުގައި މުދަލު ޒަކާތްބެއްސެވުން ކުރިއަށް ގެންދަވާނީ އެރަށެއްގެ ކައުންސިލްގެ އިދާރާގައެވެ.