ޚަބަރު

ޔޫތް ހިއުމަން ރައިޓްސް ޑިފެންޑާރސް ކޭމްޕެއް ފަށައިފި


އިންސާނީ ޙައްޤުތަކާއި ގުޅޭ ގޮތުން ވަކާލާތު ކުރާނެ ޒުވާނުން ބިނާކުރުމުގެ ގޮތުން ހިިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުން ޔޫތް ހިއުމަން ރައިޓްސް ޑިފެންޑާރސް ކޭމްޕެއް ފަށައިފިއެވެ.

ޔޫތް ހިއުމަން ރައިޓްސް ޑިފެންޑާރސް ކޭންޕް ކުރިއަށް ގެންދަނީ ކ.ގިރިފުށީގައެވެ. މި ކޭންޕުގެ މަޤްސަދަކީ، އިންސާނީ ޙައްޤުތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދީ، އިންސާނީ ޙައްޤުތަކާއި ގުޅޭ ގޮތުން މުޖުތަމަޢުގެ ތެރޭގައި އަޑު އުފާލާނެ ޒުވާނުން އުފެއްދުން ކަަމަށް އެޗްއާރްސީއެމުން މައުލޫމާތުދެއެވެ. ޔޫތް ހިއުމަން ރައިޓްސް ޑިފެންޑަރސް ކޭންޕް ފަށްޓަވައިދެއްވާ ވާހަަކަދައްކަވަމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމްގެ ނާއިބް ރައީސް ޝިފާޤް މުފީދު ވިދާޅުވީ، އިންސާނީ ޙައްޤުތަކަކީ ކޮބައިކަން ދަނެގެނެ، އެފަދަ ޙައްޤުތަކާއި ބެހޭ މަޢުލޫމާތު މުޖުތަމަޢުގެ ތެރޭގައި ފެތުރުމަށްޓަކައި، އަދުގެ ޒުވާން ޖީލު އެދާއިރާއަށް އަޙުލުވެރިކުރުވަންޖެހޭ ކަމަށެވެ.

ޔޫތް ހިއުމަން ރައިޓްސް ޑިފެންޑާރސް ކޭމްޕްގެ ބައިވެރިންނަށް، ހިއުމަން ރައިޓްސް ފިލޯސަފީއާއި، ހިއުމަން ރައިޓްސް އުފެދިގެން އައި ގޮތާއި، އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ޢާންމު ޤަރާރާއި، އިންސާނީ ޙައްޤުތަކުގެ ޤާނޫނާއި، މަދަނީ ބައިވެރިވުމާއި ގުޅޭ މަޢުލޫމާތު ދެވޭނެ ކަމަށް އެޗްއާރްސީއެމުން ފާހަކުރެއެވެ.

އެޗްއާރްސީއެމުން ވިދާޅުވީ، މިކޭމްޕްގެ ބައިވެރިން ހޮވާފައިވަނީ ޢާންމުކޮށް ހުޅުވާލައިގެންކަމަށެވެ. މިމަހުގެ ސައުވީގެ ނިޔަަލަށް ގިރިފުށީގައި ކުރިއަށް ގެންދާ  ޔޫތް ހިއުމަން ރައިޓްސް ކޭންޕުގައި 15 ޒުވާނުން ބައިވެރިވެއެވެ. މިއީ އެޗްއާރްސީއެމުން ބާއްވާ މިފަދަ ދެވަނަ ކޭންޕެވެ.