ތަޢުލީމު

އިސްލާމީ ޔުނިވަރސިޓީން މަހާސިންތާއެއް ބާއްވަނީ


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ބައިނަލްއަޤްވާމީ މަހާސިންތާއެއް ބޭއްވުމަށް ނިންމަވައިފިއެވެ. 

އިސްލާމިކް ޔުނިވަރސިޓީން އަންނަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިމަހާސިންތާއަކީ، ފުރަތަމަ ފަހަރަށް އެޔުނިވަރސިޓީގެ ފަރާތުން ބާއްވާ ބައިނަލްއަޤްވާމީ މަހާސިންތާއެވެ. އިސްލާމީ ހޭލުމުގެ ބައިނަލްއަޤުވާމީ މަހާސިންތާއަކީ، ތަފާތު ހުރެމެ އެއްބައިވަންތަ މުޖުތަމަޢެއް ބިނާކުރުމާއި ގުޅޭ ގޮތުން ބާއްވާ މަހާސިންތާއެއްކަމަށް ޔުނިވަރސިޓީން މަޢުލޫމާތުދެއްވައެވެ. 

މިމަހާސިންތާގައި ދިވެހިރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ދީނި ޢިލްމުވެރިންނާއި ތަޢުލީމީ މުފައްކިރުން އަދި ތަޖުރިބާކާރުން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. މިމަހާސިންތާ ޝަރަފްވެރި ކޮއްދެއްވުމަށް ހަމަޖެހިފަވަނީ، ރައިސުލްޖުމްހޫރިއްޔާގެ ނައިބު ޢަބުދުﷲ ޖިހާދުއެވެ.

މި މަހާސިންތާގައި ޕްރިމިލަނަރީ ސެޝަންތަކާއި، ޕެނަލް ޑިސްކަޝަންތަކުގެ އިތުރުން ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަންނަ ހޮނިހިރު ދުވަހުގެ ފެށުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި ދުއިސައްތަ އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މަޢުލޫމާތުދެއްވައެވެ.