ޚަބަރު

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރުން ފަސްކުރަން ފާސްކޮށްފި


ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރުން އަންނަ އަހަރުގެ ޖުލައި މަހަށް ފަސްކުރުމަށް އެ ބިލު ދިރާސާ ކުރެއްވި ގައުމީ ސަލާމަތު ކޮމެޓީން ނިންމަވައިފިއެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް ހުށަހެޅުއްވި އެ ބިލު ކޮމެޓީ މަރުހަލާގައި ދިރާސާކުރެއްވުމަށްފަހު ނިންމަވާފައިވަނީ، އެ ބިލު ހުށަހެޅުއްވި ގޮތަށް ފާސްކުރަން ފެންނަ ކަމަށް. އެގޮތަށް ކޮމެޓީން ނިންމެވީ، އެވަގުތު ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ތަސްދީޤުވެސް ކުރައްވާފައިވާ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރަން ފަސްކުރުމަށް ހުށަހަޅުއްވާފައިވާއިރު، އެ ޤާނޫނުގައި މީގެކުރިން ބުނެފައި ވަނީ ޤާނޫނަށް ޢަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުކަމަށެވެ.

ޖިނާއީ އިޖުރާޢަތުގެ ޤާނޫނަކީ، ޖިނާއީ ކުށް ތަޙްޤީޤުކުރުމާއި ޖިނާޢީ ކުށުގެ ދަޢުވާ އުފުލުމާއި އެފަދަ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުތައް ބަޔާންކުރާ ބިލެކެވެ.