ޚަބަރު

ސަރުކާރަށް 3 އަހަރު - ޚާއްސަ ހަރަކާތްތަކެއް ހިންގަވަނީ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ޚާއްސަ ޙަރަކާތްތަކެއް ހިންގަން ސަރުކާރުން ނިންމަވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުފދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސަރުކާރުގެ ތިން އަހަރުދުވަހުގެ ތެރޭގައި ޙާސިލްވެފައިވާ ކަންކަމާބެހޭ މައުލޫމާތު މީޑިއާމެދުވެރިކޮށް ޢާއްމުރައްޔިތުންނަށް ހާމަކުރެއްވުމާއި، އެނޫންވެސް ޚާއްސަ ޙަރަކާތަތައް ވާއްވަން ނިންމަވާފައިވާކަމަށެވެ. އެގޮތުން އެންމެ ޚާއްސަ ކަމަކަށް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު ބާއްވާ ޖަލްސާކަމަށާ، މީގެ އިތުރުން ޚާއްސަ ކުޅިވަރު ފެސްޓިވަލެއް ބާއްވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.