ޚަބަރު

މުފްތީ މެންކް ޚުތުބާ ދެއްވުމަށް ހުއްދަ ނުދެއްވީ އިސްލާމީ މަރުކަޒު


ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް އިސްލާމީ މަރުކަޒުގައި ޚުތުބާ ދެއްވުމުގެ ހުއްދައަށް އަދި ހުށަހެޅިފައިވީ ނަމަވެސް އެކަމަށް ހުއްދަ ނުދެއްވީ އިސްލާމީ މަރުކަޒުގައި ދެވޭ ޚުޠުބާއަކީ، ދިވެހި ބަހުން ގެނެސްދޭންޖެހޭ ޚުތުބާއެއްގެ ގޮތުގައި މިނިސްޓްރީން މިދިޔަ އަހަރު ނިންމާފައިވާތީ، އެ ނިންމެވުން ދެމެހެއްޓެވުމުގެ ގޮތުންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން ވިދާޅުވި ގޮތުގައި އިސްލާމީ މަރުކަޒުގައި ކުރެވޭ ހުކުރު ނަމާދުގައި ދެވޭ ޚިޠުބާއަކީ ދިވެހިބަހުން ނޫން ބަހަކުން ނުދެއްވާ ޚުޠުބާއެއް ކަމުގައި ކުރިން ކަނޑައަޅުއްވާފައި ވަނީ، އެ މިސްކިތަކީ އެންމެ ޖަމާޢަތެއްގައި ހުކުރު ކުރެވޭ މިސްކިތްކަމަށް ވުމާއި އަދި އެ މިސްކިތުގައި ދެވޭ ޚިޔުބާއަކީ ވަގުތުން ރާއްޖޭގައި ހުރިހާ ހިސާބަކަށް ގެނެސްދެވޭ ޚުޠުބާއަކަށްވެފައި ބޭރު ބަހަކުން ދެވޭ ޚުޠުބާއެއް ދިވެހި ހުރިހާ ރައްޔިތުންނަށް ދޭހަނުވާނެތީ ކަމަށެވެ.

އިސްލާމީ މަރުކަޒުގައި މެންކްގެ ޚުޠުބާ ދިނުމަށް، އިސްލާމިކް މިނިސްޓްރީން ހުއްދަ ނުދިންކަމަށް ބުނެ، މައްލޫމާތު އޮޅޭ ގޮތައް މީޑިއާތަކުގައި ފަތުރަމުންދާ ޚަބަރުތަކައް ރައްދު ދެއްވާ، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓަރ މިނިސްޓަރ މުޙައްމަދު މުސްޠަފާ އިބްރާހިމް ވިދާޅުވީ،އެގޮތައް ނިންމެވީ، ބޭރުގެ ބަސްތަކުން ޚުޠުބާ ނުދޭގޮތައް، އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅުއްވާފައިވާ އުޞޫލުގެ ދަށުން ކަމަށެވެ.

މުޞްޠަފާ ވިދާޅުވީ، ޚުޠުބާއަކީ މުޅި ޤައުމަށް އެހަފްތާއެއްގައި ދޭންބޭނުންވާ މެސްޖް ކަމަށްވާއިރު، އެޚުތުބާއަކީ ރާއްޖޭގެ އެންމެނަށް އެނގޭނެ ބަހަކުން ދެވޭ ޙުތުބާއަކަށް ވާންޖެހޭނެ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން މިހާރުވަނީ، ފުރުޤާން މިސްކިތުގައި އަންނަ ހުކުރު ދުވަހު ދިނުމަށް ހުއްދަ ދެއްވައި، މާދަމާގެ ކުރިން ޚުޠުބާގެ ތަރުޖަމާއެއް ފޮނުވުމަށް، މި ޚުޠުބާ އިންތިޒާމްކުރާ ޖަމްޢިއްޔަތުއް ރަޙްމާއަށް އަންގަވާފައިވެއެވެ.