ޚަބަރު

ވަރލްޑް ޕޮޕިއުލޭޝަން ރިޕޯޓް ރާއްޖޭގައި ރަސްމީކޮށް ނެރުއްވައިފި


ޔުނައިޑެޓެޑް ނޭޝަން ޕޮޕިއުލޭޝަން ފަންޑް – ޔޫ.އެން.އެފް.ޕީއޭއިން ކޮންމެ އަހަރަކު އެއްފަހަރު ނެރުއްވާ ވަރލްޑް ޕޮޕިއުލޭޝަން ރިޕޯޓް ރާއްޖޭގައި ރަސްމީކޮށް ނެރުއްވައިފިއެވެ. ދަ ގޯޓް ފިޝް ކެފޭ ރެސްޓޯރެންޓްގައި ކުރިޔަށްގެންދިޔަ މި ރަސްމިޔާތުގައި މި ރިޕޯޓް ނެރެދެއްވީ ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މަޢުމޫނެވެ. img:http://s3.psmnews.mv/images/660x400/14791103121335.jpg|ވަރލްޑް ޕޮޕިއުލޭޝަން ރިޕޯޓް ރާއްޖޭގައި ރަސްމީކޮށް ނެރެދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް / މުޙައްމަދު ވަޙީދު

ވަރލްޑް ޕޮޕިއުލޭޝަން ރިޕޯޓަކީ ދުނިޔޭގެ އާބާދީގެ ޚާލަތާއި ގުޅޭ ގޮތުން ޔޫއެން.އެފްޕީއޭއިން ކޮންމެ އަހަރަކު ނެރޭ ރިޕޯޓެކެވެ. މި ރިޕޯޓް ނެރެނީ އެއިރެއްގެ އާބާދީގައި އާއި ގުޅުން ހުރި މައްސަލައަކާއި ގުޅޭގޮތުންނެވެ. މި ރިޕޯޓް ނެރެދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ދުންޔާ މަޢުމޫން ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރަންޖެހިފައިވަނީ ތަޢުލީމާއި އަންހެން ކުދިން ބާރުވެރިކުރުމުގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ޙޯދަވައިދެއްވުމަށް ކަމަށެވެ. އަދި އަންހެން ކުދިން ރައްކާތެރި މާހައުލެއް ކަށަވަރު ކޮށްދިނުމާއި ގުޅޭ ގޮތުން ދުންޔާ ވާހަކަ ދައްކެވިއެވެ. img:http://s1.psmnews.mv/images/660x400/14791103343379.jpg|ވަރލްޑް ޕޮޕިއުލޭޝަން ރިޕޯޓް ރާއްޖޭގައި ރަސްމީކޮށް ނެރެދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް / މުޙައްމަދު ވަޙީދު

ރާއްޖޭގައި ނެރުއްވި ވޯލްޑް ޕޮޕިއުލޭޝަން ރިޕޯޓާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން ޔޫ.އެން.އެފް.ޕީއޭގެ ރާއްޖޭގެ އެސިސްޓެންޓް ރެޕްރެޒެންޓެޓިވް ސާދިޔާ އިބްރާހީމް ވިދާޅުވީ މިއަހަރުގެ ރިޕޯޓް ނެރެފައިވަނީ 10 އަހަރުގެ އަންހެން ކުދިންނަށް ޙާއްޞަކޮށްގެން ކަމަށެވެ. އަދި މިހާރުގެ 10 އަހަރުގެ ކުދިންނަކީ މާދަމާގެ ޒުވާނުންކަމުން އެކުދިންގެ މުސްތަޤްބަލާއި އެމީހުންގެ އުންމީދުތައް ހަޤީގަތަކަށް ހެއްދެވެން އޮތީ މިއަދު އެހީތެރިކަން ވެދީގެންކަމަށް ސާދިޔާ ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/14791103562940.jpg|ވަރލްޑް ޕޮޕިއުލޭޝަން ރިޕޯޓް ރާއްޖޭގައި ރަސްމީކޮށް ނެރެދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް / މުޙައްމަދު ވަޙީދު

ސާދިޔާ ވިދާޅުވީ 10 އަހަރުގެ ކުދިންނާއި ވާހަކަދައްކާލުމުން އެކުދިންގެ އުންމީދުތައް އެނގިގެންދިޔަ ކަމަށާއި، ޔޫއެންއެފްޕީގެ އުންމީދަކީ މި ހުރިހާ ކުދިންގެ އުންމީދު ހަޤީގަތަކަށް ހަދާދިނުން ކަމަށެވެ.