ޚަބަރު

މިއަދަކީ ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް


މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ހަކުރު ބަލީގެ ދުވަހެވެ.

ދުނިޔޭގެ ހަކުރު ބަލީގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި އިންޓަނޭޝަނަލް ޑައިބެޓިކް ފެޑެރޭޝަން، އައި.ޑީ.އެފުން ކަނޑައަޅާފައިވާ ޝިއާރަކީ "އައި އޮން ޑައިބެޓީޒް" ނުވަތަ ހަކުރު ބައްޔަށް ނަޒަރެއް، މި ޝިއާރެވެ.

އައި.ޑީ.އެފުން އަންދާޒާ ކުރާ ގޮތުގައި، ދުނިޔޭގެ އާބާދީގެ ކޮންމެ ދެމީހަކުން އެކަކަކީ ހަކުރު ބަލި ޖެހިފައިވީ ނަމަވެސް، އެބަލި ޖެހިފައިވާކަން ނޭނގޭ މީހުންނެވެ. އެހެންކަމުން އެޖަމާޢަތުގެ ޢަމާޒަކީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ހަކުރު ބަލީގެ މި ދުވަހާ ދިމާކޮށް، އެއް މިލިޔަން މީހުން ހަކުރު ބައްޔަށް ޓެސްޓްކުރުމެވެ. ރާއްޖެއިން ވެސް ވަނީ މިޙަރަކާތުގައި ބައިވެރިވެފައެވެ. މި ޙަރަކާތް އިސްވެ ކުރިޔަށްގެންދާ ޑައިބެޓީޒް ސޮސައިޓީ އޮފް މޯލްޑިވްސްއިން ބުނީ، މިއަދު ހެނދުނު 10 ން ހަވީރު 6 ޖަހަންދެން ހުޅުމާލޭގައި ހަކުރު ބައްޔަށް ޓެސްޓު ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. tw:https://twitter.com/hdcmaldives/status/798043462264233986

އެގޮތުން ހުޅުމާލެ ފެރީ، އެޗް.ޑީ.ސީ ބިލްޑިންގް، ޣާޒީ ސްކޫލާއި ހިރިޔާ ސްކޫލްގެ އިތުރުން ރުއްގަނޑު ސަރަޙައްދުގައި މޭޒު ބަހައްޓައިގެން މިގަޑިތަކުގައި އުމުރުން 16 އަހަރުން މަތީގެ މީހުން ހަކުރު ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށްވެސް ޑީ.އެސް.އެމުން ބުނެއެވެ. އެ ޖަމްޢިއްޔާއިން ވަނީ ވީހާވެސް ގިނަ މީހުން މި ފުރުޞަތުގެ ބޭނުން ހިފާ، ހަކުރު ބައްޔަށް ޓެސްޓު ކުރުމަށް ގޮވާލާފައެވެ. އައި.ޖީ.އެމް.އެޗުގައިވެސް މިއަދު ހިލޭ ހަކުރު ބައްޔަށް ޓެސްޓްކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. tw:https://twitter.com/sto_mkt/status/798037598518255616